ads
ކަރަންޓީނު ފެސިލިޓީ---
ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީނުވުން މަޖުބޫރުކޮށްފި
މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން، ފަތުރުވެރިން ފިޔަވައި، ރާއްޖެއިންބޭރުން އަންނަ ފަރާތްތައް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރަން ނިންމައިފި އެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވެފައި ވަނިކޮށް މިރެއިން ފެށިގެން މާލޭ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު ހިންގަން ނިންމާފައިވާއިރު މިރޭ އެޗްޕީއޭ އިން ބުނީ މިހިނދުން ފެށިގެން، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ވެސް މަނާވާނެ ކަމަށެވެ.

އަދި މިމަހުގެ 27 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން ފަތިހު 4:00 އަށް، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައިވާއިރު އެޗްޕީއޭ އިން ވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރުން ވެސް މަޖުބޫރުކޮށްފަ އެވެ.

މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން، ފަތުރުވެރިން ފިޔަވައި، ރާއްޖެއިންބޭރުން އަންނަ ފަރާތްތައް ދިހަ ދުވަހަށް ކަރަންޓީނުކުރަން ނިންމާފައިވާއިރު އެ ފިޔަވަޅުތަކުން އިސްތިސްނާވާ މީހުން ވެސް އެޗްޕީއޭ އިން ވަނީ އާންމުކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ސިފައިންނާއި ފުލުހުނާއި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުގެ އިތުރުން އެމްބިއުލަންސާއި ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗް.އީ.އޯ.ސީ) ގެ ފާސް ލިބިފައިވާ ފަރާތްތަކާއި ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތަކެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްްތު ސޮއި ކުރައްވާ ނެރެފައިވާ އިއުލާނުގައި ވަނީ އެ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން އެޅުމަށް އަންގާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް