ads
އެންވާރަމަންޓު މިނިސްޓަރު ޑރ ހުސެން ރަޝީދު ހުސެން--
ރާއްޖޭގެ ކަނޑުތަކަށް ކުނިއެޅުން ހުއްޓުވަން ޕްރޮމިސް ޕްރޮޖެކްޓް އިފްތިތާހުކޮށްފި
ރާއްޖޭގެ ކަނޑުތަކަށް ކުނިއެޅުން ހުއްޓުވަން ޕްރޮމިސް ޕްރޮޖެކްޓްގެ ނަމުގައި ޕްރޮޖެކްޓެއް އިފްތިތާހުކޮށްފިއެވެ.

ޕްރޮމިސް ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި ގޮތެއްގައި ތަކެތި އުފައްދައި ބޭނުންކުރުން ޕްރޮމޯޓުކުރުމަށާއި ޔޫރަޕްގެ އިއްތިހާދުގެ މާލީ އެހީއާއެކު ހިންގާ "ސްވިޗް އޭޝިއާ" ޕްރޮގްރާމުގެ ދަށުން، ރާއްޖެ ސަރަހައްދުގެ ގައުމުތަކުގެ މޫދަށް އެޅޭ ކުނިބުނި މަދުކޮށް ރައްކާތެރިކަމާއެކު އެތަކެތި މެނޭޖުކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ.

އެ ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާހުކޮއްފައިވަނީ އިއްޔެ ހެނދުނު ގައުމީ ޔުނިވާސިޓީގައި ބޭއްވި ޖަލްސާއެއްގައެވެ. އެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. 

your imageޕްރޮމިސް ޕްރޮޖެކްޓް އިފްތިތާހު ކޮށްދިނުމުގެ ތެރެއިން

އަދި އެޖަލްސާގައި އެންވާރަމަންޓު މިނިސްޓަރު ޑރ ހުސެން ރަޝީދު ހަސަން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރާއްޖޭ ކަނޑުތަކަށް ކުނި އަޅާ މައްސަލައަކީ ޒަމާންވީ މައްސަލައެކެވެ. އެކަމަށް ހައްލެއް ހޯދައިދޭނެ ކަމަށް ކޮންމެ ސަރުކާރަކުން ބުނަމުން އައި ނަމަވެސް އަދި ހައްލެއް ފެނިގެންގޮސްފައެއް ނުވެއެވެ.

ޕްރޮމިސް ޕްރޮޖެކްޓްގެ ދަށުން ރާއްޖެ ހިމެނޭ ގޮތަށް އިންޑިއާ އަދި ލަންކާގައި ވެސް މޫދަށް ކުނިއެޅުމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރެވިގެން ދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް