ads
މޫސުން ގޯސް ދުވަހެއްގައި ރަށެއްގެ ގޮނޑުދޮށް--
ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓްއިން ހުދު އިންޒާރު ނެރެފައިވަނީ ބ. އަތޮޅުގެ ރަށްތަކުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށެވެ. އެއީ މިއަދު 13:45 އިން 18:00 އަށެވެ.

މީގެ އިތުރުން މެޓް އިން ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމާއެކު
ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދާދި ފަހުން މެޓްއިން ވަނީ ދެކުނުގެ ރަށްތަކަށް ވެސް ހުދު ސަމާލު ނެރެފައެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކަށް ސަމާލުވުމަށް ވެސް މެޓްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް