ads
ކަނބާއައިސަ ރަނި ހިނގުން ހުޅުވާލުމުގެ ތެރެއިން --- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް މަހަކު 4.31 މިލިއަން ރުފިޔާ ހަރަދުވޭ
މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ކައުންސިލަރުންނާއި މުވައްޒަފުންނަށް މަހެއްގެ މައްޗަށް 4.31 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް އެ އިދާރާގެ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލުތަކުން ދައްކައިފިއެވެ.

އެ އިދާރާގެ ވެބްސައިޓުގައި އާންމުކޮށްފިވާ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލުގައިވާ ގޮތުން އެތަނުގައި މަސައްކަތް ކުރާ 524 މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް މަހެއްގެ މައްޗަށް 4.31 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. 

ސިޓީ ކައުންސިލްގައި މަސައްކަތް ކުރާ 192 ބިދޭސީންނަށް މުސާރަ ދޭން ހަރަދުވަނީ، 1.63 މިލިއަން ރުފިޔާ އެވެ. އަދި އެތަނުގައި މަސައްކަތް ކުރާ 332 ދިވެހިންނަށް ހަރަދު ވަނީ 2.67 މިލިއަން ރުފިޔާ އެވެ. 

ސިޓީ ކައުންސިލްގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 382،500 ރުފިޔާ ހޭދަކުރާއިރު އެންމެ ބޮޑު މުސާރައެއް ލިބެނީ މޭޔަރު ސިފާ މުހައްމަދަށެވެ. އެއީ މަހަކު 47،500 ރުފިޔާ ކަމަށް އެ ތަފްސީލުގައި ވެއެވެ.

މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ކައުންސިލަރުންނާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލުތައް އެ އިދާރާގެ ވެބްސައިޓުގައި އާންމުކުރީ އިންފޮމޭޝަން ކޮމިޝަނަރުގެ އެންގުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް