ads
ފ. ނިލަންދޫ--
ފ. ނިލަންދޫއިން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ފ. ނިލަންދޫއިން މާލެ އައި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ނިލަންދޫގެ ކައުންސިލަރު އަބްދުއްލަތީފް މުހައްމަދު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިދިޔަ ބުރާސްފަތު ދުވަހު އެންވާރަމަންޓް މިނިސްޓްރީން ނިލަންދޫއަށް ދިޔަ ހަތަރ މީހުންގެ ވަފްދެއްގެ ތެރެއިން އެކަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެމީހާ ޕޮޒިޓީވްވީ މި މަހުގެ 24 ވަނަ ދުވަހު މާލެ އަނބުރާ އައި ފަހުން ކަމަށް ވެސް އަބްދުއްލަތީފް ވިދާޅުވި އެވެ.

މިހާރު އެ ރަށުން މާލެ އައި ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި މީހުން ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން 19 މީހުން މިހާތަނަށް ވަނީ އެކަހެރިކުރެވިފައި ކަމަށް ވެސް އަބްދުއްލަތީފް ވިދާޅުވި އެވެ.

މީގެ އިތުރުން އަބްދުއްލަތީފް ވިދާޅުވީ އަދި ރަށް މޮނިޓަރިންގެ ހާލަތަށް ނުގެންދާ ކަމަށާއި ރޭންޑަމް ސާމްޕަލިންގެ މަސައްކަތް ވެސް އަދި ނުފަށާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް