އެކަމާއި ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުން އަންނަ މި ދަނޑިވަޅުގައި އެމްއެންޑީއެފުން ބުނީ ޒަމާނުންސުރެ ވެސް އެމްއެންޑީއެފް އިން ދަނީ އާންމު ރައްޔިތުންނާއި، ވަކިވަކި ފަރުދުންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި މީޑިއާތަކާއި ކުންފުނިތަކާއި ކައުންސިލްތަކުން އަދި ސުކޫލް މަދަރުސާތަކުން އިންތިޒާމްކުރާ ހަރަކާތްތަކުގައި ދިވެހި އަސްކަރިއްޔާގެ އެހީތެރިކަމަށް، އެ ފަރާތްތަކުން އެދޭ ކަންކަމުގައި ސިފައިންގެ އޮޕަރޭޝަންތަކަށް ދަތިނުވާނެ ގޮތެއްގެ މަތިން ލިބެން ހުރި ވަސީލަތްތައް ފޯރުކޮށްދިނުމުގައި ހުރި މިންވަރަކުން ހުއްޓުމެއް ނެތި ފޯރުކޮށްދެމުން ކަމަށެވެ.
އެގޮތުން މިއީ ރައްޔިތުންނާއި ދިވެހި އަސްކަރިއްޔާއާ ދެމެދު އޮންނަ ބަދަހި ގުޅުމާއި އިތުބާރު، އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގެ މާތް މަގްސަދުގައި ޒަމާނުންސުރެ، ފޯރުކޮށްދެމުންދާ ސިފައިންގެ އިޖްތިމާއީ ހިދުމަތެއް ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
ސިފައިންނާއި އުޅަނދު، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގެ ބޭނުމަކަށް ބޭނުންކުރަން ފުރުސަތު ދިން މައްސަލައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.