ads
ހުޅުމާލެ--- ފޮޓޯ:ޓްރެވަލް ލޮގް
ހުޅުމާލޭގެ ހަ މަގު އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފި
ހުޅުމާލޭގެ ހަ މަގު އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

މިއަދު އެޗްޑީސީ އިން ނެރުނު ނޫސްބަޔާނެށްގައި ބުނެފައި ވަނީ ހުޅުމާލޭގެ މަގުތަކަކީ ހުރިހާ ފަރާތްތަކަކަށްވެސް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ މަގުތަކަކަށް ހެދުމަށްޓަކައި، ކަމާބެހޭ މުއައްސަސާތަކާއެކު މަޝްވަރާކުރުމަށް ފަހު ހަ މަގެއް އެއްކޮޅަށް (ވަންވޭ) ދުއްވާ މަގުތަކަށް ބަދަލުކުރުމުގެ މަސައްކަތް 25 ޖަނަވަރީ އިން ފެށިގެން އެ ކޯޕަރޭޝަނުން ދަނީ ކުރަމުން ކަމަށެވެ.

އެގޮތުން އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފައި ވަނީ:

  • މިރިހި މަގު (މިރިހިމަގު 01 ގޯޅިން ފެށިގެން، ރަބަރުގަސް މަގާ ހަމައަށް)- އިރުން ހުޅަނގަށް ދުއްވާ ގޮތަށް، ރަބަރުގަސް މަގު (މިރިހިމަގުން ފެށިގެން އޯކިޑުމާ ހިނގުމާ ހަމައަށް)- އުތުރުން ދެކުނަށް ދުއްވާ ގޮތަށް
  • އިރުދޭމާ ހިނގުން 01 ގޯޅި- އިރުން ހުޅަނގަށް ދުއްވާ ގޮތަށް
  • އިރުދޭމާ ހިނގުން 02 ގޯޅި- ހުޅަނގުން އިރަށް ދުއްވާ ގޮތަށް
  • އިރުދޭމާ ހިނގުން 03 ގޯޅި- އިރުން ހުޅަނގަށް ދުއްވާ ގޮތަށް
  • ސަބުދެލިމަގު- އުތުރުން ދެކުނަށް ދުއްވާ ގޮތަށް

އެޗްޑީސީ އިން ވަނީ މިމަހުގެ 14 ގައި ހުޅުމާލޭގެ 20 މަގެއްގައި އެއްކޮޅަށް ދުއްވޭ ގޮތަށް ބަދަލު ގެނެސްފައެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި، ފަސޭހަ މަގުތަކަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 14 ސަރަހައްދެއްގައި 1330 މަގު ބައްތި ޖެހުމާއި، މިހާރު ހުރި ގިނަ ބައްތިތަކެއް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް