ads
ފޮޓޯ: ހެލްތު މިނިސްޓްރީ
އުނގޫފާރު ހޮސްޕިޓަލްގެ އެކްސްޓެންޝަންގެ މަސައްކަތް އެލިއާއަށް
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން މަސައްކަތް އެލިޔާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އެ ޕްރޮޖެކްޓަކީ އަތޮޅުތެރޭގެ ފަސް ހޮސްޕިޓަލް ތަރައްގީ ކުރުމަށް ސަރުކާރުން ކުރިޔަށް ގެންދާ ޕްރޮޖެކެޓްގެ ދަށުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ލެވެލް އަށް ތަރައްގީ ކުރުމުގެ ދަށުން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ.

ޖުމްލަ 72 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އެ މަސައްކަތް އެލިޔާ ކުންފުންޏާއި ހަވާލުކޮށްފައިވާއިރު އެ މަސައްކަތް 239 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

އެ މަޝްރޫއުގެ ދަށުން 10 ބެޑްގެ ފުލްފްލެޖް އީއާރާއި ދެ އޯޓީ ކޮންމްޕްލެކްސް އެއް (އޮޕަރޭޝަން ތިއޭޓާ) އަދި ލެބޯރެޓަރީ އާއި ޕްރައިވެޓް ރޫމާއި ރޭޑިއޮލަޖީ ޑިޕާޓްމަންޓާއި ދެ އެކްސްރޭ ރޫމާއި ސްކޭން ރޫމަކާއި ސީޓީ ސްކޭން އަދި އެމްއާރްއައި ގާއިމުކުރުން ހިމެނެ އެވެ. 

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެތަނުގައި 150 ކިލޯ ވޯޓުގެ ސޯލާ ހަރުކުރެވިގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް