ads
ނައިފަރު މެންބަރު ޝިޔާމް
ވެކްސިން ގެނެއުމުގެ ކުރިން އިދިކޮޅުން ދެކޭގޮތް ހޯދަން ސަރުކާރުން ގުޅި: ޝިޔާމް
ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި އެއްލައްކަ ޑޯޒްގެ ވެކްސިން ރާއްޖެ ގެނެއުމުގެ ކުރިން އިދިކޮޅުން ދެކޭގޮތް ހޯދަން ސަރުކާރުން ގުޅިކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ކޮވިޑްގެ މިހާލަތުގައި ދިވެހި ރާއްޖޭގެ އިތުރުން މުޅި ދުނިޔެ އޮތްއިރު ދުނިޔޭގެ އެހެން ގައުމުތަކުން ކޮވިޑް ވެކްސިން އާއްމުކޮށް ޖަހަން ފެށިއިރުވެސް ދިވެހި ރައްޔިތުން ތިބީ އެކަމުން މަހްރޫމްވެފައި ކަމަށެވެ. އަދި މިހާރު ރާއްޖެއަށް ސަރުކާރުން ގެނެސްފައިވާ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަދި ހުއްދަ ދީފައިނުވާ ވެކްސިނެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. 

ޝިޔާމް ވިދާޅުވީ މި ވެކްސިން ސަރުކާރުން ގެނެއުމާއި ކައިރިކޮށްފައި ވެކްސިނާ ގުޅޭގޮތުން އިދިކޮޅުގެ ވިސްނުން ހުރިގޮތެއް ބެލުމަށްޓަކައި އެ ކޯލިޝަނުގެ ލީޑާޝިޕްގެ ވަކިވަކި ބޭފުޅުންނާއި، ކައުންސިލް މެންބަރުންނަށްވެސް ސަރުކާރުން ގުޅަމުންދިޔަ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަކީ ޒިންމާދާރު ފްރަންޓެއް ސިޔާސީ ޕާޓީއެއް އަޅުގަނޑުމެން ކުރާކަމެއް ކުރާނީ ވަރަށް ޒިންމާދާރު ކަމާއިއެކީގަ. ރައްޔިތުންނާއި ގުޅުންހުރި މިކަހަލަ ހައްސާސް ކަންކަމުގަ އަޅުގަނޑުމެން ޕާޓީން އެއްޗެއް ދަންނަވާނަމަ ދަންނަވާނީ. އެކަމަކާ ގުޅުންހުރި ޓެކްނިކަލް ލަފާފުޅު ހޯދުމަށްފަހުގަ" ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން މިއަދު ވަރަށް ތަފްސީލީ ނިއުސް ކަންފަރެންސެއް ބާއްވާފައިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ވެކްސިން ގެނެއުމުގެ ކުރިން އިދިކޮޅުން ދެކޭގޮތް ހޯދަން ސަރުކާރުން ގުޅިކަމަށް ޝިޔާމް ބުނިނަމަވެސް އެއާއި ގުޅިގެން އިދިކޮޅުން ސަރުކާރަށް ދެއްވި ޖާވާބެއް އަދި ކަންކޮށްފައިވަނީ ކިހިނެތްކަމެއް ވެސް ވިދާޅެއް ނުވެއެެވެ. 

އޮކްސްފޯޑް އަދި އެސްޓްރަޒެނެކާއިން އުފެއްދި "ކޮވިޝީލްޑް" ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެ ޝިޕްމަންޓުގައި އިންޑިއާގެ ހިލޭ އެހީގެ ގޮތުގައި 100،000 ޑޯޒް ހިމެނެ އެވެ.

އިދިކޮޅުން ވެކްސިންގެ ރައްކާތެރިކަމާއި ރައްޔިތުންގެ ދުޅަހެޔޮ ކަމާއި ގުޅޭގޮތުން ރައްޔިތުން ފާޅުކުރަމުން ގެންދާ ކަންބޮޑުވުންތަކާއި ގުޅިގެން، އެކަންކަން ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ ހިއްސާކުރެއްވުމަށް އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން މިއަދު ވަނީ ހެލްތު މިނިސްޓްރީއަށް ވަޑައިގަންފައެވެ. އެހެންނަމަވެސް މިނިސްޓްރީއަށް ދިޔުމުން މިނިސްޓަރު ނަސީމް އިދިކޮޅާއި ބައްދަލުކުރަން ބޭނުންނުވާކަމަށް ބުނެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެޔަށްފަހު އިދިކޮޅުން އެޗްޕިއޭއަށްވެސް ގޮސްފައިވާއިރު ފަހުން ވަނީ ދަރުބާރުގެ ދަޮށުގައި އިހްތިޖާޖެއް ވެސް ކޮށްފައެވެ. 

އެ އިހްތިޖާޖްގެ ތެރިއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މުއްދަތު ޖަހަން ފޮނުވާކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް