ގދ. އަތޮޅުގެ ކޮވިޑް ފޯކަލް ޕޮއިންޓްއިން ޝަހުޒާ ހުސެއިން ސީއެންއެމްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އިއްޔެ ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ވަނީ ކޮވިޑް-19 އަށް ވޮޒިޓިވްވެފައި ކަމަށެވެ. އޭނާ ޓެސްޓު ކުރީ މާލެއިން ކޮންޓެކްޓުވި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާގެ ގައިން ވެސް އަލާމާތްތައް ފެންނާތީ ކަމަށް ވެސް ޝަހުޒާ ވިދާޅުވި އެވެ.
އަދި މިއާއި އެކު އެރަށުން ކޮވިޑް އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު އުޅެނީ ދެ އަކަށް އަރާފަ އެވެ. އަދި އެ ދެ މީހުންނަކީ ވެސް ހޯމްކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވީ މީހުންކަމަށް ވުމުން ރަށުގައި ރޭންޑަމް ސާމްޕަލިން ކުރިޔަށް ނުގެންދާކަމަށް ވެސް ޝަހުޒާ މައުލޫމާތުދެ އެވެ.