ބުދަ ދުވަހުގެ މެޗުގައި މާޒިޔާއިން ޖެހި ފުރަތަމަ ލަނޑު ދެ ވަނަ ހާފުގެ ތެރޭގައި ލިބުނު ކޯނަރެއްގައި ބޮލުން ޖެހީ ބިދޭ ކުޅުންތެރިޔާ ޕީޓަ އެވެ. މާޒިޔާގެ ދެވަނަ ލަނޑުވެސް ޖެހީ ބިދޭސީ ކުޅުންތެރިޔެކެވެ. މި ލަނޑު ޖެހީ ކޯނޭއެވެ. ވެލެންސިޔާއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލީ ފާސިރުއެވެ.
ވެލެންސިޔާއާ ދެކޮޅަށް ފުރަތަމަ ބުރުގައި މާޒިޔާއިން ކުޅުނު މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެހެންނަމަވެސް މިއަދުގެ މެޗުން މޮޅުވެ ތިން ޕޮއިންޓް ލިބުމާއި އެކު ޓޭބަލްގެ އެއްވަނައިގަ މާޒިޔާ އޮތީ އަށް މެޗުން އަށާރަ ޕޮއިންޓާ އެކުއެވެ. ވެލެންސިޔާ އޮތީ ދެވަނައިގަ އެވެ. ވެލެންސިޔާއަށް ލިބިފައިވަނީ ބާރަ ޕޮއިންޓެވެ.