ads
ހިޔާ ފްލެޓްތައް--
ޝަކުވާ ހުށަހެޅި ދެމީހަކަށް އަލުން ފްލެޓް ކަށަަވަރުވެއްޖެ!
ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ވަގުތީ ލިސްޓުގައި ޕޮއިންޓް ދަަށްވެ ފްލެޓް ނުލިބުމުން ޝަކުވާ ހުށަހެޅި ދެމީހަކަށް އަލުން ފްލެޓް ކަށަވަރުވެފައިވާ ކަމަށް އެކުވެރި އާއްމުންގެ ޖަމިއްޔާއިން ބުނެފި އެވެ.

ހިޔާ މަޝްރޫއުގައި ފްލެޓް ލިބުނު މީހުންގެ ހައްގު ހޯދަން "ކޮތަރު ކޮށި" ނަމުގައި ސޯޝަލް މީޑިއާގައި އަޑުއުފުލަން ފެށި ޓީމުން "އާއްމުންގެ އެކުވެރި ގުޅުން" ނަމުގައި އުފެއްދި އެ ޖަމިއްޔާއިން މިއަދު އެކަން ހާމަކޮށް ވިދާޅުވީ އެ ޖަމިއްޔާގެ ފަރާތުން ޝަކުވާ ހުށަހަޅައިދިން ދެފަރާތެއްގެ ދަރިންގެ ބަޔަށް ޕޮއިންޓު ލިބި ފްލެޓު ލިބޭ ވަރަށް ޕޮއިންޓު ލިބިފައިވާ ކަމަށް މިއަދު އަންގާފައިވާ ކަމަށެވެ. އަދި އިތުރުވި ޕޮއިންޓުތަކާއިއެކު ފްލެޓު މިހާރު ވަނީ ކަށަވަރު ވެފައިކަމަށް އެޖަމިއްޔާއިން ބުނެއެވެ.

އެހެންނަމަވެސް ގިނަ ޝަކުވާތައް ހުށަހެޅުނީ "ދިރިއުޅުމުގެ ހާލަތުގެ" ބަޔަށްކަން ފާހަނގަކޮށް، އެބަޔަށް ޝަކުވާހުށަހެޅި މީހުންނަށް ދެމުންދާ ޖަވާބަކީ "ޕޮއިންޓު ދީފައިވަނީ ގެއަށް ހާލަތު ބަލަން އޭރުދިޔަ މީހުން ދިން މައުލޫމާތަށް ރިއާޔަތްކޮށްފަ އޭ" ބުނެ ނިންމާލަނީ ކަން އެ ޖަމިއްޔާއިން ވަނީ ފާހގަކޮށްފައެވެ.

"ދިރިއުޅުމުގެ ހާލަތު ބަލަން ގެއަށްދިޔަ މީހުންނަކީ ކުށެއް ނެހޭދޭނެވަރު ބައެއް ކަމަށް ފްލެޓު ކޮމެޓީން ގަބޫލުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. ވީމާ އެބައިން ހުށަހެޅޭ ޝަކުވާތުގެ ބާވަތުގެ ގޮތުން، ބައެއް ހާލަތްތަކުގެ އަލުން އެގެއަކަށް ގޮސްބަލައި، ޔަގީންކޮށް، ނުހައްގުން ޕޮއިންޓެއް އުނިވެފައިވާނަމަ އެޕޮއިންޓު ދޭން ޖެހެ" އާއްމުންގެ ޖަމިއްޔާއިން ބުނެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ކުރިމަތިލި ގިނަބަޔަކަށް ދިރިއުޅުމުގެ ހާލަތައް ބަލައި ޕޮއިންޓް މަދުކޮށް ފްލެޓް އަތުލާފައިވާތީ ގިނަ ބަޔަކު ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އަދި ފްލެޓް ކޮމެޓީން ނެރޭ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާ ކޮންމެ ފަހަރަކުވެސް ގިނަ ޝަކުވާތަކެއް ހުށަހަޅައެވެ. އާއްމުންގެ ޖަމިއްޔާއިން ވަނީ ޝަކުވާ ހުށަނޭޅޭ ބައެއް ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޯށްދީފައެވެ. 

އަދި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ވެސް ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓް ކޮމިޓީން އާންމުކޮށްފައި ނުވާތީ ހިޔާ ފްލެޓްގެ ދާއިމީ ލިސްޓު ނެރުން ހުއްޓުވައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް މިފަހުން ވަނީ އެ ޖަމިއްޔާއިން ހުށަހަޅާފައެވެ. 

އޭސީސީގެ ރައީސް މަރިޔަމް ޝިއާނަށް ފޮނުވި ސިޓީ އާއްމުންގެ އެކުވެރި ގުޅުމުން އާންމުކޮށްފައިވާއިރު އޭގައި ބުނީ ލިބުނު ފްލެޓު ގެއްލިފައިވަނީ މައިގަނޑު ގޮތެއްގައި ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް ލިބުނު ޕޮއިންޓް މަދުވުމުގެ ސަބަބުން ކަމަށާއި އެކަމާއި މެދު ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރުވެސް ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓް ކޮމިޓީން އާއްމުނުކުރާ ކަމަށެވެ. 

އެ މިންގަނޑު އިއުލާން ކުރިއިރު، ޝަކުވާ ހުށަހަޅަން ދިން މުއްދަތު ހަމަވެފައިވާކަން ފާހަގަކޮށް އެ ސިޓީގައި ބުނީ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށާއި ފްލެޓު ކޮމިޓީން ވަނީ، މިހިނގާ ޑިސެމްބަރު މަސްތެރޭގައި ފައިނަލް ލިސްޓު ނެރޭނެކަމަށް ވެސް ބުނެފައި ކަމަށެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދީ، ފައިނަލް ލިސްޓު ނެރެފިނަމަ، އިޔާދަ ނުކުރެވޭނެ ގެއްލުމެއް ލިބޭނެ ކަމަށާއި އަދި ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު އާންމު ނުކުރީ ވަކި ބަޔަކަށް ނާޖާއިޒު މަންފާވާނެ ގޮތަކަށް އަމަލުކުރަންކަމަށް ގަބޫލު ކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދޭ ކަމަށް ބުނެފައިވެ އެވެ.  

ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިން ފްލެޓް އެޅުމުގެ މަސައްކަތްކުރަމުން އަންނައިރު އެއީ 434 މިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ. 

މި މަސް ނިމުމުގެ ކުރިން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކުރެވޭނެތޯ ބެލުމުގެ މަސައްކަތް ފްލެޓް ކޮމިޓީން ކުރަމުން އަންނައިރު ފްލެޓް ކޮމިޓީން މިހާރު ވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކުރި ފްލެޓްތަކުގެ ވަގުތީ ލިސްޓް ފިޔަވައި ހުރިހާ ކެޓަގަރީއެއްގެ ލިސްޓު އާންމުކޮށްފަ އެވެ. 

މިފަހުން ވަނީ ދިރިއުޅުމުގެ ހާލަތު ބަޔަކަށް ޕޮއިންޓް ދިން ގޮތާއި މެދު ސޯޝަލް މީޑިއާގައި ދެބަސްވުން ބޮޑުވެ، ޕޮއިންޓްދިން ގޮތުގެ އުސޫލު ވެސް އާންމުކޮށްފަ އެވެ. 

އެގޮތުން ދިރިއުޅުމުގެ ހާލަތުގެ ބަޔަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ޕޮއިންޓް ދިނުމަށް ހާއްސަ މިންގަނޑެއް އެކުލަވާލާފައި ވަނީ، ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ ފަންނީ ލަފަޔާއެކު ކަމަށް ފްލެޓް ކޮމިޓީން ބުނެއެވެ.

އެ ކޮމިޓީން ބުނީ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވައިލާފައިވާ މިންގަނޑުގައި ހިމެނޭ މައުލޫމާތު ކުރިން ހާމަކޮށްފައި ނުވަނީ، އެ މައުލޫމާތަކީ ކުރިން ހާމަކޮށްފިނަމަ، އެންމެ އިންސާފުވެރިކަމާއެކު ޕޮއިންޓް ދިނުމަށް ހުރަސްއެޅޭނެ މައުލޫމާތެއްކަމަށް ކޮމިޓީއަށް ފެންނާތީ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް