އެޗްޕީއޭގެ އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ފާއިތުވި 24 ގަނޑިއިރު ތެރޭގައި 3677 ސާމްޕަލެއް ޓެސްޓް ކުރެވިފައިވާއިރު މާލޭ ސަރަހައްދުން އެކަނިވެސް ވަނީ 112 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މީހުން ދިރިއުޅޭ ރަށްރަށުން 7 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން 24 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 15،390 އަރާފައެވެ. އަދި ހޮސްޕިޓަލް ތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު ވަނީ 101 އަރާފައެވެ.
ރާއްޖޭގައި މި ބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 13966 މީހުންނެވެ. އަދި 51 މީހަކު މި ބަލީގައި ވަނީ މަރުވެފައެވެ.