ads
ޝުޖާ އަދި އަދުރޭ ހެލްތް މިނިސްޓްރީގައި-
އިހްތިޖާޖުން ހައްޔަރުކުރި އަދުރޭ އަދި ޝުޖާއު ދޫނިދޫއަށް ގެންގޮސްފި
އިދިކޮޅުން އިއްޔެ ދަރުބާރުގޭ ދޮށުގައި ކުރި އިހްތިޖާޖުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށް އިދިކޮޅުން ބުނެފި އެވެ.

ވެކްސިންގެ ރައްކާތެރިކަމާއި ރައްޔިތުންގެ ދުޅަހެޔޮ ކަމާއި ގުޅޭގޮތުން ރައްޔިތުން ފާޅުކުރަމުން ގެންދާ ކަންބޮޑުވުންތަކާއި ގުޅިގެން، އެކަންކަން ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ ހިއްސާކުރެއްވުމަށް އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން ވަނީ އިއްޔެ ހެލްތު މިނިސްޓްރީއަށް ވަޑައިގަންފައެވެ. އެހެންނަމަވެެސް އެކަން ކާމިޔާބު ނުވެ، ދަރުބާރުގެ ދޮށުގައި އިދިކޮޅުން ވަނީ ކަންބޮޑުވުންތައް ފާޅުކުރުމަށް އިހްތިޖާޖް ކޮށްފައެވެ. 

އެ އިހްތިޖާޖުގެ ތެރެއިން އަބްދުއްރަހީމް އަބްދުﷲ އާއި އިބްރާހިމް ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ ވިދާޅުވީ އެދެބޭފުޅުންވެސް މިހާރުވަނީ ދޫނިދޫއަށް ގެންގޮސްފަ ކަމަށެވެ. 

އިދިކޮޅުން ވަނީ ރޭ ވެސް މަގުމަށްޗައް އެއްވެ އިހްތިޖާޖް ކޮށްފައެވެ. އަދި އެ އިހްތިޖާޖްގެ ތެރެއިން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވެސް ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް