ads
ކަރީނާ ކަޕޫރު:-
ކަރީނާ ވިހަން ތައްޔާރު ވަނީ
ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު އޭނާގެ ދެވަނަ ދަރިފުޅަށް ބަލިވެ އިނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި މިހާރު އޭނާ އަދި ސައިފް އަލީ ހާން ދަނީ އެ ދެމީހުންގެ ދެވަނަ ދަރިފުޅަށް ފެބްރުއަރީ މަހުގައި މަރުހަބާ ކިޔުމަށް ތައްޔާރުވަމުންނެވެ.

ވިހަން ކައިރި ވެފައިވާ ކަރީނާ ވަނީ ބޭރުތެރޭގައި ރަހުމަތްތެރިންނާ އަދި އާއިލާގެ މީހުންނާއެކު މަޖާކުރުމުގައި އުޅޭ މަންޒަރަރު ފެނިގެން ގޮސްފައެވެ.

ވަރަށް ފަހުން ފިލްމް ފެއާގައި ސައިފް ވާހަކަ ދައްކަމުން ބުނެފައިވަނީ އެމީހުންގެ ދެވަނަ ދަރިފުޅު ވިހާ ދުވަސް ގޮތުގައި ޑޮކްޓަރު ބުނެފައިވަނީ ފެބްރުއަރީ ތެރޭގައި ކަމަށެވެ. އަދި އޭނާ އަދި ކަރީނާ އަންނަނީ ދެވަނަ ދަރިފުޅު ދުނިޔެއަށް އަންނާނެ ދުވަހަކަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން ކަމަށެވެ.

ކަރީނާ ކަޕޫރް ހާން ވަނީ ލާލް ސިންގް ޗައްޑާ ފިލްމު ވެސް އޭނާ ބަނޑުބޮޑުވެގެން ހުރެ ކުޅެފައެވެ. އޭގައި އޭނާއާ އެއްކޮށް އާމިރް ހާން ވެސް ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން ކަރިނާ ވަނީ ބަނޑުބޮޑުވެ ހުރެ ކޮވިޑްގެ ހާލަތުގައި ގިނަ އިސްތިހާރުތަކެއްވެސް ކުޅެފައެވެ. އަދި އޭނާ ވަރަށް ގިނަ ތަންތަނަށް ދަތުރުކޮށްފައި ވެސް ވެއެވެ. ނަމަވެސް ދިވާލީއަށް އޭނާ ވަނީ އާއިލާ ކައިރިއަށް އަނބުރާ އައިސްފައެވެ.

your imageކަރީނާ އާއި ސައިފް--

ދެވަނަ ދަރިފުޅު ލިބުމަށް ވަރަށް ކައިރިވެފައިވާއިރު ސައިފް އަދި ކަރީނާ ވަނީ އާ ގެއަކަށް ވެސް ބަދަލު ވެފައެވެ. އެގޮތުން އެގޭގައި ޓެރަސް އަކާއި ޕޫލެއްގެ އިތުރުން ލައިބްރަރީއެއް އަދި ކުދިން ބޭރުގައި ކުޅޭ ޖާގަވެސް ގޯތިތެރޭގައި ހުރެއެވެ.

މިހާރު ސައިފް އަދި ކަރީނާ ވަނީ ދެވަނަ ދަރިފުޅަށް ނާސަރީވެސް ތައްޔާރުކޮށް ނިމިފައެވެ. އަދި އެމީހުންގެ ފުރަތަމަ ދަރިފުޅު ތައިމުރް އަލީ ހާން އަށްވެސް އާގެއިން ވަނީ ހާއްސަ ކޮޓަރިއެއް ތައްޔާރު ކޮށްފައެވެ.

20%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް