ads
ހުޅުމާލެ އަޒީޒާ މިސްކިތް
މިސްކިތުގައި މާރާމާރީ ހިންގި މީހާ ޑީޕޯޓު ކުރަން ހަވާލުކޮށްފި
މިސްކިތުގައި ދިވެއްސަކަށް ހަމަލާދިން އިންޑިއާ މީހާ ޑީޕޯޓް ކޮށްލަން މިހާރު ވަނީ އިމިގްރޭޝަންއާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ އަޒީޒާ މިސްކިތުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރި އިންޑިއާ މީހާގެ މައްސަލައިގެ ތަހުގީގު ނިންމާ މިދިޔަ ހަފްތާގައި ވަނީ ޕްރޮސިކުޓާ ޖެނަރަލް އޮޕީހަށް ފޮނުވާފައި ކަމަށެވެ.

އަދި އެމީހާގެ ޑީޕޯޓް ކޮށްލުމަށް ޕީޖީ އިން ނިންމުމާ ގުޅިގެން އެމީހާ ވަނީ މިހާރު އިމިގްރޭޝަންއާ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެމީހާގެ މައްސަލަ ނުބަލާ ޕީޖީއިން އޭނާ ޑީޕޯޓް ކޮށްލަން ނިންމުމާ ގުޅިގެން ގިނަ ބައެއް ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެ މައްސަލަ އެހެން ނިންމީ ކީއްވެތޯ ޕީޖީއިން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނި ގޮތުގައި ހުޅުމާލެ އަޒީޒާ މިސްކިތް ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ އިންޑިއާ ފިރިހެނަކު އެމީހާ މިސްކިތުން ނެރުމަށް މަސައްކަތްކޮށް، މާރާމާރީ ހިންގާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.  

މިސްކިތުގައި ނަމާދަށް ހުއްޓާ އެމީހާއަށް ހަމަލާދީ މާރާމާރީ ހިންގަން ބިދޭސީ މީހާ މަސައްކަތް ކުރީ ކީއްވެގެންކަން ނޭނގޭ ކަމަށް ދިވެހި މީހާ ބުނެފައިވެ އެވެ. ގިނަ ބަޔަކު ވަނީ މިސްކިތުގައި ހުރި މީހާއަށް ހަމަލާދިން މައްސަލަ ކުށްވެރިކޮށް އެމީހާއަށް ފިޔަވަޅު އަޅަން ގޮވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް