ads
އޭސީސީ---
އޭސީސީ ހިންގުން އާ އިމާރާތަކަށް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހިންގަމުންދާ އިމާރާތް ބަދަލުވެއްޖެ އެެވެ.

އެ ކޮމިޝަނުން ބުނީ މިމަހުގެ 31 ފެށިގެން އެ އިދާރާ ހިންގަމުންދާނީ ހެންވޭރު ސަކީނާމަންޒިލުގައި ކަމަށެވެ. އަދި އެ ތާރީހުން ފެށިގެން އެ އިދާރާގެ ރިސެޕްޝަން ހިދުމަތް ދެމުންގެންދާނީ އެއިމާރާތުގެ ތިންވަނަ ފަންގިފިލާއިން ކަމަށް އޭސީސީން ބުނެއެވެ. 

މިހާރު އެ އެކޮމިޝަނުގެ އޮފީސް ހިންގަމުން އަންނަނީ އަމީރު އަހުމަދު މަގުގައި ހުންނަ ހުރަވީ ބިލްޑިންގެ ދެވަނަ ފަންގިފިލާގައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުގައި ވާތީ ކޮމިޝަނުގެ ރަސްމީ އަދި ނުރަސްމީ ހުރިހާ ބައްދަލުވުމެއް ކުރިޔަށް ގެންދަނީ ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުން ގޭގައި ތިއްބަވައިގެން އޮންލައިންކޮށް އޯޑިއޯ، އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ކޮވިޑާއި ގުޅިގެން ސަރުކާރުގެ ހުރިހާ އޮފީސްތައް ޢާއްމުކޮށް ބަންދުކޮށްފައިވުމާއެކު، އެކި އިދާރާތަކުންނާއި އާއްމު ރައްޔިތުން ކޮމިޝަނަށް ހުށަހަޅަންޖެހޭ ނުވަތަ ފޮނުވަންޖެހޭ ލިޔެކިއުންތައް ކޮމިޝަނަށް ހާޒިރުނުވެ ހުށަހެޅޭނެ އިންތިޒާމުތައްވެސް އެސީސީން ވަނީ ހަމަޖައްސާފައެވެ. 

އާއްމުކޮށް އޮފީސް ބަންދުކުރެވިފައި ވީނަމަވެސް، އެޗްޕީއޭ އިން އެހެން ގޮތަކަށް ނާންގާހާ ހިނދަކު، ކޮންމެހެން ކުރަން ޖެހޭ މަސައްކަތް ކުރުމަށް ހަފުތާގެ އާދިއްތައިން ބުރާސްފައްޗަށް ކޮންމެ ދުވަހެއްގެ 10:00 އިން 14:00 އަށް ކޮމިޝަނުގެ އިދާރާ ހުޅުވުފައި ހުންނާނެ ކަމަށް އެއިދާރާއިން ބުނެއެވެ.  

ކޮވިޑް-19 އަށް އެއިދާރާ ބަންދުކޮށްފައި އޮތުމަށް ފަހު އަލުން އޮފީސް ހުޅުވަން ފެށުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ގާނޫނީ ގޮތުން ކޮމިޝަނުން އަދާ ކުރަންޖެހޭ އެންމެހާ މަސްއޫލިއްޔަތުތަކާއި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް، ކޮމިޝަނުގެ ހުރިހާ މުވައްޒަފުންނަށް ވެސް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމު ވަނީ މިދިޔަ އަހަރުގެ މާޗު 29 ފެށިގެން ހަމަޖައްސާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް