ads
ވެކްސިން ރަމްޒީކޮށް ހަވާލުކުރުން-- ފޮޓޯ: ސްރީލަންކާ ޓްވީޓް
ކޮވިޑް ވެކްސިން: އިންޑިއާގެ އެހީގެ ގޮތުގައި 500،000 ޑޯޒް ލަންކާއަށް
އިންޑިއާގައި އުފައްދާފައިވާ ކޮވިޑް-19 ވެކްސިނުގެ 500،000 ޑޯޒް އަވައްޓެރި ސްރީލަންކާ އަށް ވެސް ހަދިޔާކޮށްފި އެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ ކުންފުނީގެ ކޮވިޝީލްޑް ވެކްސިންގެ މި ޝިޕްމަންޓް މިއަދު ވަނީ ލަންކާއަށް ފޮނުވާފަ އެވެ.

ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގައި އުފެއްދި މި ވެކްސިންގެ ޝިޕްމަންޓް ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސައާ ރަމްޒީކޮށް ހަވާލުކޮށްދެއްވީ އިންޑިއާއިން ލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ގޯޕާލް ބަގްލޭ އެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އެގައުމުގައި ވެކްސިން ދޭން ފަށާނީ ހަ ހޮސްޕިޓަލަކުންނެވެ. އަދި އެންމެ ފުރަތަމަ ދޭނީ އެ ހޮސްޕިޓަލްތަކުގެ މުވައްޒަފުންނަށެވެ. 

އެ ހޮސްޕިޓަލްތަކަކީ ކޮލޮމްބޯ ނެޝަނަލް ހޮސްޕިޓަލް، ކޮލޮމްބޯ ސައުތު ޓީޗިން ހޮސްޕިޓަލް، ކޮލޮމްބޯ ނޯތު ޓީޗިން ހޮސްޕިޓަލް، ހޮމަގަމަ ބޭސް ހޮސްޕިޓަލް، ކޮލޮމްބޯ އީސްޓް ބޭސް ހޮސްޕިޓަލް އަދި ނެޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަން ޑިޒީޒަސް އެވެ. 

ވެކްސިން ޕްރޮގްރާމު ފެށުމުން އެ ތަންތަނުގެ މުވައްޒަފުންގެ 25 ޕަސަންޓަށް ވެކްސިން ދޭނެ އެވެ. 

އިންޑިއާއިން އަންނަނީ ގިނަ ގައުމުތަކަކަށް ހިލޭ އެހީގެ ގޮތުގައި މި ވެކްސިން ހަދިޔާ ކުރަމުންނެވެ. އެގޮތުން ރާއްޖެއަށް ވެސް ވަނީ 100،000 ޑޯޒް ހަދިޔާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް