ads
ނިމްޝާ: ފޮޓޯ އިންސްޓަގްރާމް
ނިމްޝާ ޓްރީޓޮޕްގައި އެޑްމިޓްކޮށްފި
ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ސްޓާ ނިމްޝާ ޒާހިރް ބަލިވެގެން ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން ނިމްޝާ ބުނީ އޭނާ މިހާރު ބަލިވެގެން އުޅޭތާ 10 ދުވަސް ވެދާނޭ ކަމަށާއި ބަލި ހާލަތު ހުރި ގޮތުން މިހާރު ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ކަމަށެވެ.

އަދި އޭނާ ސޯޝަލް މީޑިއާގަ އެކްޓިވް ނުވާތީ ވަރަށް ގިނަ ސަޕޯޓަރުން ދަނީ މެސެޖް ކުރަމުން ކަމަށާއި އޭނާ ބަލިން ރަނގަޅުވިހާ އަވަހަކަށް ޓިކްޓޮކަށް އަނބުރާ އަންނާނެ ކަމަށް ވެސް ނިމްޝާ ބުންޏެވެ.

މީގެ އިތުރުން އޭނާގެ އަމިއްލަ ޑާންސް ކްލާސްތައް ވެސް ވީހާވެސް އަވަހަށް ފަށާނެ ކަމަށް ނިމްޝާ ބުންޏެވެ.

ނިމްޝާ ވަނީ އޭނާ ވަޒީފާއިން ވަކިކުރި ކަމަށް މިއަދު ސޯޝަލް މީޑިއާގަ ދައުރުވަމުންދާ ހަބަރުތައް ވެސް ދޮގުކޮށްފައެވެ. އޭނާ ބުނީ މިހާރު އޭނާ ވަނީ މޯލްޑިވިއަނުން ކެނޑެން ސިޓީލާފައި ކަމަށެވެ. އެއީ އޭނާގެ ބަލި ހާލަތު ހުރި ގޮތުންނާއި އިތުރު ރަނގަޅު ފުރުސަތުތައް އޭނާއަށް ލިބިފައިވާތީ ކަމަށް ވެސް ނިމްޝާ ހާމަކުރިއެވެ.

26%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
49%
ވަރަށް ސަލާމް
ކޮމެންޓްސް