ads
ޝުޖާ އަދި އަދުރޭ ހެލްތް މިނިސްޓްރީގައި-
އަދުރޭ އަދި ޝުޖާއު ދޫކޮށްލައިފި
އިދިކޮޅުން އިއްޔެ ދަރުބާރުގޭ ދޮށުގައި ކުރި އިހްތިޖާޖުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދޫނިދޫއަށް ގެންދިޔުމަށް ފަހު މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

ވެކްސިންގެ ރައްކާތެރިކަމާއި ރައްޔިތުންގެ ދުޅަހެޔޮ ކަމާއި ގުޅޭގޮތުން ރައްޔިތުން ފާޅުކުރަމުން ގެންދާ ކަންބޮޑުވުންތަކާއި ގުޅިގެން، އެކަންކަން ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ ހިއްސާކުރެއްވުމަށް އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން ވަނީ އިއްޔެ ހެލްތު މިނިސްޓްރީއަށް ވަޑައިގަންފައެވެ. އެހެންނަމަވެެސް އެކަން ކާމިޔާބު ނުވެ، ދަރުބާރުގެ ދޮށުގައި އިދިކޮޅުން ވަނީ ކަންބޮޑުވުންތައް ފާޅުކުރުމަށް އިހްތިޖާޖް ކޮށްފައެވެ. 

އެ އިހްތިޖާޖުގެ ތެރެއިން އަބްދުއްރަހީމް އާއި ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ރޭ ވިދާޅުވީ އެދެބޭފުޅުންވެސް ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް މިހާރު އެދެބޭފުޅުން ވަނީ ދޫކޮށްލާފައި ކަމަށް ހީނާ ވިދާޅުވިއެވެ. 

އިދިކޮޅުން ވަނީ ރޭ ވެސް މަގުމައްޗަށް އެއްވެ އިހްތިޖާޖް ކޮށްފައެވެ. އަދި މިއަދު ވަނީ ފިނޭންސް މިނިސްޓްރީން ދިވެހި ކުންފުނިތަކަށް ފައިސާ ނުދީ ހިފަހައްޓާ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީ ދޮށަށްވެސް އެއްވެ އިހްތިޖާޖް ކޮށްފައެވެ. 

އިދިކޮޅުން މިފަހުން ދަނީ އެކި ނަންނަމުގައި އެކި މައްސަލަތައް ނަގައިގެން ސިލްސިލާ ގޮތެއްގައި މަގުމަތީ އިހްތިޖާޖްތައް ބާއްވަމުންނެވެ. އެ އިހްތިޖާޖްތަކުން ޕީޕީއެމް ފީއެންސީ ކޯލިޝަންގެ ލީޑާޝިޕް ހިމެނޭ ގޮތަށް ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާއިރު އިދިކޮޅުން ބުނަނީ އިދިކޮޅު އޮތް ގޮތަށް ހައްޔަރު ކުރި ނަމަވެސް އެ އިހްތިޖާޖްތައް ހުއްޓާނުލާނެ ކަަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް