ads
-----
ލޯންޗެއް ދިޔަވެ އަޑިއަށްދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
މެރީބްރައުން ސަރަހައްދުގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ، އަޑިއަށްދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ މެރީބްރައުން ފަޅު ތެރޭގައި އަޅާފައި އޮތް "ރެޑް ސްނެޕާ" ކިޔާ ލޯންޗެއް އަޑިއަށްދާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:54 ގައި ކަމަށެވެ. 

އެހެންވެ، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ސާވިސްގެ ޕަމްޕް ބޭނުންކޮށްގެން ދިޔަ ހިއްކުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ބުނެ އެވެ. 

ލޯންޗު ދިޔަވާން މެދުވެރިވި ސަބަބު ނޭނގޭއިރު އެކަމުގެ ތަފްސީލެއް އަދި އެމްއެންޑީއެފުން ހިއްސާއެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް