މާފަރު އެއާޕޯޓް--- ފޮޓޯ: ފޭސްބުކް
ހަތަރު ރަށެއްގައި އެއާޕޯޓް އެޅުމަށް ބަޔަކު ހޯދަނީ
Share
ރާއްޖޭގެ ހަތަރު ރަށެއްގައި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
Advertisement

ފިނޭންސް މިނިސްޓަރީން އިއްޔެ ގެޒެޓް ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ބ.ތުޅާދޫ، ތ.ވިލުފުށި، ށ. ބިލަތްފަހި، އަދި ހދ. މަކުނުދޫ ގައި އެއާޕޯޓް ތަރައްގީކުރުމަށް ބަޔަކު ހޯދަމުން އަންނަ ކަމަށެވެ. 

އެހެންކަމުން އެމަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ދައުވަތު އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށާއި އެމަސައްކަތްތަކަށް އީ.އޯ.އައި ހުށަހަޅާއިރު އެއްލޮޓަށް ނުވަތަ އެއަށްވުރެ ގިނަ ލޮޓަށް އީ.އޯ.އައި ހުށަހެޅުމުގެ އިހްތިޔާރު ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް ލިބިގެންވާކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

އަދި އެމަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) ފްލޭނިން މިނިސްޓްރީގެ ވެބްސައިޓް އިން 31 ޖަނަވަރީ 2021 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ. އަދި ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުގުވެރިކަން ފާޅުކުރާ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް ފްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދެވޭނެކަމަށާއި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު އަދި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އަދި ސިޔާސަތުތަކުގެ ދަށުން ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާނެކަން ޔަގީންކުރަން ވާނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

އެހެންކަމުން އެކަމަށް ޝައުގުވެރިވާ، ޝަރުތު ހަމަވާ ފަރާތްތަކުން 2021 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މިމިނިސްޓްރީއަށް ހުށަހެޅުމަށް ވެސް ފިނޭންސް މިނިސްޓަރީން ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް