ads
ވެލާނާ އެއާޕޯޓުގައި ގިނަ އަދަދެއްގެ ފަތުރުވެރިން---
ފުރަތަމަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކާ ގާތަށް
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 81,134 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮންމެ ދުވަހަކު އާންމުކުރަމުން އަންނަ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާނަތަށް ޖުމްލަ ރާއްޖެއައި ފަތުރުވެރިންގެ އަދަދު އުޅެނީ 81,134 ގަ އެވެ. އަދި ފާއިތުވި 28 ދުވަހަށް ބަލާއިރު އާންމުކޮށް ކޮންމެ ދުވަހަކު ވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އުޅުނީ 2000 އިން މަތީގަ އެވެ.  

މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު 2000 އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ނާންނަނީ އެންމެ ދެ ދުވަހު އެވެ. އެއީ މިމަހުގެ 13 ވަނަ ދުވަހާއި 20 ވަނަ ދުވަހު އެވެ. އަދި މިމަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު 4195 މީހުން އަ އެވެ.  

އޭގެ އިތުރުން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކަށް އަދިވެސް އޮތީ ރަޝިއާ އެވެ. އެގައުމުން އައި ފަތުރުވެރިންގެ އަދަދު 17,870 ގައި އުޅޭއިރު ދެވަނައިގައި އޮތް އިންޑިއާއިން ވަނީ 16,155 މީހުން އައިސްފަ އެވެ. އަދި ތިންވަނައިގައި އޮތް ޔޫކްރެއިނުން އައި ފަތުރުވެރިންގެ އަދަދު އުޅެނީ 6,263 އެވެ.

މިއަހަރުގެ މިހާތަނަށް 606  ޓޫރިސްޓް ފެސިިލިޓީއަކުން ހިދުމަތް ދެމުންދާއިރު އޮޕަރޭޝަންގައި 43,062 އެނދުވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް