ads
ބިދޭސީންތަކެއް ހިދުމަތް ހޯދުމަށް ކިއު ޖެހިފައި --
އެކަށީގެންނުވާ ތަންތާގައި މުވައްޒަފުން ބަހައްޓާނަަމަ ޖޫރިމަނާ ކުރަނީ!
ވަޒީފާދޭ ފަރާތުން މުވައްޒަފުން ބަހައްޓާ ތަންތަނަކީ މިންގަނޑުތަކާ ހިލާފު ތަނެއްނަމަ 2000 ރުފިޔާއަށްވުރެ މަދުނޫން އަދަދަކުން ޖޫރިމަނާކުރުމަށް މިނިސްޓްރީ އޮޕް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓަރީއިން އެގޮތަށް ނިންމާފައިވަނީ އެމިނިސްޓަރީން އިއްޔެ ގެޒެޓްކޮށްފައިވާ ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ އާންމު މިންގަނޑުތަކުގެ ގަވާއިދުގައެވެ.

އެގޮތުން އެ ގަވާއިގުގެ ދަށުން މުވައްޒަފުން ބޭތިއްބުމަށް ހަމަޖައްސާ ތަންތަން ހުންނަން ވާނީ ވާރޭއާއި އަވިން ހިޔާވާ ގޮތަށެވެ. އަދި އެތަންތަނުގެ އިމާރާތްކޮށްފައި ހުންނަންވާނީ އެކަށީގެންވާ އާލާތްތައް ބޭނުންކޮށްގެންކަމަށާއި އެތަންތަނުގައި ރަނގަޅު ފިނުހޫނުމިނެއް ހުންނަންވާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

މީގެއިތުރުން މުވައްޒަފުން ބައިތިއްބާ ތަންތަނާއި އެތަންތަނުގެ ވަށައިގެންވާ ސަރަހައްދު ހުންނަންވާނީ ކުނިބުނިން ރައްކާތެރި ސާފު ސަރަހައްދެއްގެ ގޮތުގައި ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައި ވެއެވެ.

ހަމައެއާއެކު އަފަދަ ތަންތަނުގައި ފޯރުކޮށްދޭ ފެނުގެ ހިދުމަތް ހުންނަންވާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގަބޫލުކުރާ މިންގަނޑުގެ ތެރޭގައިކަމަށްވެސް އެ ގަވާއިދުގައި ވެއެވެ. އަދި ސާފުތާހިރުކަމުގެ އެކަށީގެންވާ މިންގަނޑުގެ ނަރުދަމާ ނިޒާމެއް ގާއިމުކޮށްފައު ހުންނަންވާނެކަމަށްވެސް އިކޮނޮމިކް މިނިސްޓަރީގެ ގަވާއިދުގައި ބުނެފައިވެއެވެ.

ތަފާތު މަސައްކަތުގައި ގެންގުޅޭ މުވައްޒަފުންނަށް އަމާޒުކޮށް އިކޮނޮމިކް މިނިސްޓްރީން މިފަދަ މުހިންމު ގަވާއިދެއް އެކުލަވާލާފައިވާއިރު ރާއްޖޭގައި ބިދޭސީ މަސައްކަތްތރިން މިހާރު ބައިތިއްބާފައި ތިބެނީ ދިރިއުޅުމަށް އެންމެ އެކަށީގެންވާ ތަންތަނުގައި ނޫންކަން ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.

ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ހަމަޖއްސާ ތަންތަނުގެ އާންމު މިންގަނޑުތަކުގެ ގަވާއިދަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ އެ ގަވައިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާތާ 6 މަސް ދުވަސް ފަހުންނެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް