ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު-- ފޮޓޯ: މަޖިލިސް
މިފްކޯ ހަރުދަނާ ކުރުމަށް ވިހި މިލިއަން ޑޮލަރުގެ ފެސިލިޓީ އެއް ގާއިމުކުރަނީ
އަންނަ އަހަރުން ފެށިގެން ސަރުކާރުގެ ބަޖެޓުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަލީޒް ކޮމްޕެނީ (މިފްކޯ) އަށް ފައިސާ ނުދޭން ނިންމާ، އެގޮތަށް ސިޔާސަތު ބައްޓަން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުން ފެށިގެން ސަރުކާރުގެ ބަޖެޓުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަލީޒް ކޮމްޕެނީ (މިފްކޯ) އަށް ފައިސާ ނުދޭން ނިންމާ، އެގޮތަށް ސިޔާސަތު ބައްޓަން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު އެގޮތަށް ވިދާޅުވީ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެެވެ. އެގޮތުން މިނިސްޓަރު ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އޮންނަ މިފްކޯއަށް އެކުންފުނިން ވެސް ދެން ލާރި ޕަމްޕު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިފްކޯ ހަރުދަނާ ކުރުމަށް އިންޓަނޭޝަނަލް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން އާއެކު ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އޭގެ އިތުރުން، ސަރުކާރާއި މިފްކޯ އާއި އެސްޓީއޯއިން މަސައްކަތް ކުރަމުންދަނީ އިންޓަނޭޝަނަލް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަންއާއެކު 20 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ގާއިމުކުރުމަށްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެގޮތަށް އެކަން ކުރުމުގެ ސަބަބުން ކޭޝް ފްލޯއަށް ދިމާވެގެން އުޅޭ މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން 20 މިލިއަން ޑޮލަރުގެ ފެސިލިޓީ އެއް އެބަހުޅުވާލަން އެކެއް ޑިސެމްބަރު ހިސާބުގަ. އެ ބޭނުން ކޮށްގެން ދެން ކުރިޔަށް އޮތްތާނުގައި ވަގުތުން ފައިސާ ދީގެން މިފްކޯ ސަސްޓެއިނަބަލް ގޮތަކަށް ކުރިޔަށް ގެންދެވޭނެ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ މިއަހަރު މިފްކޯއަށް 90 މިލިއަން ރުފިޔާ ދިނުމަށް ބަޖެޓު ކޮށްފައިވީ ނަމަވެސް 2020 ވަނަ އަހަރުގެ ބަޖެޓުން މިފްކޯއަށް އެއްވެސް ފައިސާއެއް ދިނުމަށް ބަޖެޓްކޮށްފައި ނުވާނެ ކަމަށެވެ.

ދައުލަތުގެ މަސް ކުންފުނި ބަނގުރޫޓު ވެދާނެ ކަމުގެ ބިރުހީވެ، ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ވަނީ އެކުންފުނީގެ ހިންގުން އެސްޓީއޯގެ ދަށަށް ބަދަލުކޮށްފަ އެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ސަރުކާރުގެ ޕްލޭނަކީ މިފްކޯ އަކީ މިއަހަރު ނިމެން ވާއިރަށް ގެއްލުން ނުވެ ހިންގާ ކުންފުންޏަކަށް ބަދަލުކުރުން ކަމުގަ އެވެ.

މިފްކޯ އަށް ލިބެމުންދާ ގެއްލުންތައް ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ އެންމެ ބޮޑު ގެއްލުމެއް ލިބެނީ މަސް ރައްކާ ކުރެވޭނެ ފްރީޒިން ކެޕޭސިޓީއެއް ނެތި ރައްކާ ނުކުރެވޭ މަސްތައް ތައިލެންޑަށް އެކްސްޕޯޓް ކުރަން ޖެހުމުން އެމީހުންނާއި ވާދަ ނުކުރިވެގެން ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް