ads
ލަންކާގެ ހެތް މިނިސްޓަރު ޕަވިތްރާ
ލަންކާގެ ހެލްތް މިނިސްޓަރު އައިސީޔޫއަށް
ލަންކާގައި ކޮވިޑް ސިރަޕް ޕްރޮމޯޓް ކުރި އެ ގައުމުގެ ހެލްތު މިނިސްޓަރު ކޮވިޑް ޖެހި އައިސީޔޫގައި ފަރުވާދެމުން އެބަދެއެވެ.

ލަންކާގެ މިޑީއާތަކުން މައުލޫމާތު ދޭގޮތުގައި މިމަހު 23 ގައި ކޮވިޑް ޖެހިގެން ފަރުވާދެމުން ދިޔަ އެގައުމުގެ ހެލްތް މިނިސްޓަރު ޕަވިތްރާ ވާނިއާރާޗީ  ވަނީ އިއްޔެގެ ވަގުތެއްގައި އައިސީޔޫއަށް ފަރުވާ ދިނުމަށް ބަދަލުކޮށްފައެވެ.

ކޮވިޑް 19 އަށް އެކަމަނާ ޕޮޒިޓވް ވުމާއެކު ފަރުވާ ދެމުން ދިޔައީ ކޮޓެލަވަލާ ޑިފެންސް ޔުނިވާސިޓީ ހޮސްޕިޓަލުގައި ކަމަށް ވެސް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި މިހާރު ހެލްތްމިނިސްޓަރުގެ ފިރިމީހާ ވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައި ކަމަށް ވެސް ދަނީ ހަބަރުތައް ފެތުރެމުންނެވެ.

މިނިސްޓަރު ޕަވިތްރާއަށް ކޮވިޑް ޖެހުމާއެކު މިއީ ލަންކާގެ މިނިސްޓަރަކަށް ކޮވިޑް ޖެހުނު އެންމެ ފުރަތަމަ ފަހަރެވެ. އަދި އެކަމަނާ ދިޔައީ ކޮވިޑަށް ހާއްސަކޮށް ހަދާފައިވާ ގުދްރަތީ މާއްދާތައް ހިނެމޭ ބޭހެއް ވެސް ބޮމުން ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކުރެ އެވެ.

ލަންކާގައި ފޯއް އަދި މާމުއި ބޭނުންކޮށްގެން ހަދާފައިވާ އެ ބޭސް ވަނީ މިނިސްޓަރު ޕަވިތްރާގެ އިތުރުން އެހެން މިނިސްޓަރުން ވެސް ބޮއިފަ އެވެ. އަދި އެ ގައުމުގެ ބައެއް ރައްޔިތުން ވެސް އެ ބޭސް މިހާރު ދަނީ ނަގަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް