ads
އިންދިރާ ގާންދީ އަދި ކަންގަނާ ---
ކަންގަނާ ދެން ފެންނާނީ އިންދިރާ ގާންދީގެ ރޯލުން!
ބޮލީވުޑުގެ ބަތަލާ ކަންގަނާ ރަނައުތް ދެން ފެނިގެންދާނީ ޕޮލިޓިކަލް ޑްރާމާއަކުން، އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލުން ކަމަށް އޭނާ ބުނެފިއެވެ.

ކަންގަނާ މިކަން އިއުލާނު ކޮށްފައިވަނީ ޓުވިޓާ މެދުވެރިކޮށް ކުރި ޓުވީޓުތަކެއްގައެވެ. 

އެގޮތުން ކަންގަނާގެ ފޭން އެކައުންޓަކުން ކުރި ޓުވީޓެއް ރީޓުވީޓުކުރަމުން އޭނާ ބުނެފައިވަނީ، އެ ޓުވީޓުގައިވާ ފޮޓޯއަކީ އޭނާގެ ކެރިއަރުގެ ކުރީކޮޅު ނެގި ފޮޓޯއެއް ކަމަށާއި، އެ ފޮޓޯ ނެގިއިރު، މުސްތަގުބަލުގައި އޭނާއަށް އިންދިރާ ގާންދީގެ ރޯލު ކުޅެން ލިބޭނެކަން ހިތަށްވެސް ނުގެނެވޭ ކަމަށެވެ.

މީގެ އިތުރުން އިންޑިއާގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ ޙުޝްވަތް ސިންގް އިންދިރާ ގާންދީގެ ރީތިކަމާއި ގުޅިގެން ބުނެފައިވާ ބަސްކޮޅަކާއެކު ކަންގަނާ ވަނީ ޓުވީޓެއް ހިއްސާ ކޮށްފައެވެ.

ކަންގަނާ ވަނީ އިންދިރާގެ ރޯލުން އޭނާ ފެންނާނެކަން އަންގާ، މި ނޫން އިތުރު ޓުވީޓެއްވެސް ކޮށްފައެވެ. އެގޮތުން ސްކްރީން ރައިޓާ ސްކައި ކަބީރުއާއެކު ޕޮލިޓިކަލް ޑްރާމާއެއްގެ މަސައްކަތަށް ކުރާ ކަމަށް ކަންގަނާ ބުނެފައިވެއެވެ.

މި ފިލްމު ލިޔެ ޑައިރެކްޓު ކުރާނީވެސް ސްކައި ކަބީރު ކަމަށާއި، މި ފިލްމުގެ ޕްރޮޑިއުސަރަކީ މަނިކަރްނިކާ ފިލްމްސް ކަމަށް ކަންގަނާ ބުނެފައިވެ އެވެ. މަނިކަރްނިކާ ފިލްމްސް ޕްރޮޑަކްޝަން ހައުސްއަކީ ކަންގަނާގެ ޕްރޮޑަކްޝަން ހައުސްއެކެވެ.

ކަންގަނާ އަދި ސްކައި ގުޅިގެން ގެނެސްދޭ މި ޕޮލިޓިކަލް ޑްރާމާ އަކީ ހިސްޓޮރިކަލް ޑްރާމާއެއް ކަމަށް ބޮލީވުޑްގެ އެކި ހަބަރުތަކަށް ކަންގަނާ މައުލޫމާތު ދީފައިވެއެވެ. އެގޮތުން މިއީ ފޮތެއްގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ޕޮލިޓިކަލް ޑްރާމާއެއް ކަމަށާއި، މި ޕޮލިޓިކަލް ޑްރާމާއަކީ އިންދިރާ ގާންދީގެ ބަޔޯޕިކް އެއް ނޫން ކަމަށް ކަންގަނާއާއި ހަވާލާދީ ބޮލީވުޑް ހަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް