ads
އޭޑީކޭ--
ބައެއް މުވައްޒަފުން ކަރަންޓީނުގައި ތިބުމުން އޭޑީކޭގެ ހިދުމަތްތަކަށް ބަދަލުތަކެއް
ކޮވިޑް-19 ފެތުރެމުންދާ މިންވަރު އިތުރުވަމުން ދިއުމާއި އަދި އޭޑީކޭ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ކަރަންޓީންގައި ބައިތިއްބަން ޖެހުމާ ގުޅިގެން އެ ހޮސްޕިޓަލުން ބަލި މީހުން އެޑްމިޓްކޮށްގެން ފަރުވާދިނުން މި ވަގުތަށް މެދުކަނޑާލައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން، އާންމުންގެ ރައްކާތެރިކަމަށާއި އަދި ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ ރައްކަލަށްޓަކައި، ބަލިމަޑުކަން ފެތުރެމުންދާ ނިސްބަތަށް ބަލާ ތަފާތު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. 

އެގޮތުން، މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލުން ދެމުންދާ ހިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ ހުރިހާ އޯޕީޑީ ކޮންސަލްޓޭޝަންތައް އޮންލައިންއަށް ބަދަލުކުރުމާއި އިލެކްޓިވް ސާޖަރީތައް މި ވަގުތަށް މެދުކަނޑާލުމުގެ އިތުރުން ބަލިމީހުން އެޑްމިޓްކުރުން މި ވަގުތަށް މެދުކަނޑާލުމެވެ. އަދި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަން ޒިޔާރަތްކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ. 

އޭޑީކޭ އިން ބުނީ އެ ބަދަލުތަކާއެކު ވެސް ހޮސްޕިޓަލުގެ އިމަޖެންސީގެ ހިދުމަތްތަކާ، އިމަޖެންސީގައި އެޑްމިޓްކޮށްގެން ދޭންޖެހޭ ހިދުމަތްތަކާއި، ޑައިގްނޯސްޓިކް ހިދުމަތްތައް ކުރިޔަށް ދާނެ ކަމަށެވެ.

އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރާ ކަަމަށާއި އެގޮތުން، ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމާއި ހޮސްޕިޓަލަށް ދާން ޖެހިއްޖެ ހާލަތެއްގައި ވެސް އެކަނި، ނުވަތަ އެހީތެރިޔެއްގެ ގޮތުގައި އެކަކަށް ވުރެ ގިނަ މީހުން ނުގެންނެވުމަށް އެދިފައިވެ އެވެ. 

އަދި ހިދުމަތް ހޯއްދަވަން ދާ ހާލަތްތަކުގައި ރަނގަޅު ގޮތުގައި މާސްކު އެޅުމަށާއި ހޮސްޕިޓަލުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ހޭންޑް ސެނިޓައިޒާ ބޭނުންކުރުމަށް ވެސް އޭޑީކޭ އިން އިލްތިމާސްކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް