ads
އިމްރާން އަދި ނަޝީދު-- ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް
ހެޔޮ ގޮތުގައި ގައުމު ހިންގަން ސިޔާސީ ޕާޓީ މުހިއްމު: ނަޝީދު
ހެޔޮ ގޮތުގައި ގައުމެއް ހިންގުމުގެ އެންމެ މުހިއްމު އެއް މުއައްސަސާއަކީ އިންޒިޒާމްވެގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތް ނުވަތަ ސިޔާސީ ޕާޓީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށް ދާތީ އެކަމާ ގުޅިގެން އެ ޕާޓީގެ މެމްބަރުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެޔޮ ގޮތުގައި ގައުމެއް ހިންގަން އެންމެ މުހިއްމު އެއް މުއައްސަސާއަކީ ސިޔާސީ ޕާޓީ ކަމަށެވެ. 

"އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ދެއްވާ އެ ޕާޓީގެ ހުރިހާ މެމްބަރުންނަށް މަރުހަބާ. ހެޔޮ ގޮތުގައި ގައުމެއް ހިންގުމުގެ އެންމެ މުހިއްމު އެއް މުއައްސަސާއަކީ އިންތިޒާމްވެގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތް: ސިޔާސީ ޕާޓީ،" ނަޝީދު ވިދާޅުވި އެވެ. 

ކޮވިޑް-19 އާ ގުޅިގެން އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު މި އަހަރު ކުރިއަށް ދަނީ އޮންލައިން ވަސީލަތެއް މެދުވެރިކޮށެވެ. މި އިންތިހާބުގައި ޕާޓީގެ ރައީސްކަމަށް ވާދަކުރައްވަނީ މިހާރުގެ ވެސް ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު އަލީ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް