ads
ދަނޑުވެރިންގެ އެއްވުމުގެ ތެރެއިން--
ދަނޑުވެރިން އެއްވާތީ ދިއްލީ ސަރަހައްދުން އިންޓަނެޓު ކަނޑާލައިފި
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ދަނޑުވެރިން ކުރަމުންދާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލާ ގުޅިގެން އެ ސަރަހައްދުން އިންޓަނެޓުގެ ހިދުމަތް ކަނޑާލައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިއަދު ފެށީ އެއް ދުވަހު ހަޅުތާލެކެވެ. ޖެނުއަރީ 26 ގައި ފާހަގަކުރި ޖުމްހޫރީ ދުވަހާ ދިމާކޮށް އިންޑިއާގެ އެކި ސްޓޭޓުތަކުން ދަނޑުވެރިން ވަނީ ޓްރެކްޓަރު ފަދަ އުޅަނދުތަކުގައި ދިއްލީއަށް ޖަމާވެ މުޒާހަރާކޮށްފަ އެވެ.

ނަމަވެސް އެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެކަކު މަރުވެ، އެތައް ސަތޭކަ ބަޔަކަށް އަނިޔާވި އެވެ.

ދަނޑުވެރިން ރުޅި އައިސްފައި ވަނީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން އެމީހުންނަށް ފައިދާވުމުގެ ބަދަލުގައި ބޮޑެތި ކުންފުނިތަކަށް ފައިދާވާނެ ކަމަށް ބެލެވޭތީ އެވެ. ދިއްލީ ވަށައިގެންވާ ހުސް ބިންތަކުގައި ދަނޑުވެރިން ކޭމްޕު ޖަހައިގެން ތިބޭތާ މިހާރު ދެމަސް ވެއްޖެ އެވެ.

ދަނޑުވެރިން ޔޫނިއަނުން ބުނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގެ ސަބަބުން އެމީހުން ހައްގު ހޯދަން މަސައްކަތް ކުރަނީ ސުލްހަވެރިކަމާއެކުގައިކަން ހާމަވާނެ ކަމަށެވެ.

އިންޑިއާގެ އިންޓީރިއާ މިނިސްޓްރީން މިއަދު ބުނީ ދަނޑުވެރިން ތިބި ސަރަހައްދުގެ ތިން ހިސާބަކުން މިއަދު ހަވީރު 05:30 ވަންދެން އިންޓަނެޓު ކަނޑާލަނީ އާއްމު ރައްކާތެރިކަމަށްޓަކައި ކަމަށެވެ. ހަމަނުޖެހުމުގެ ބިރު އޮތް ނަމަ އާއްމުކޮށް އިންޑިއާގައި އިންޓަނެޓު ކަނޑާލަ އެވެ. އެކަމަކު ދިއްލީގައި މިފަދަ ކަންކަމެއް ނުކުރެ އެވެ.

އިންޑިއާގެ 1.3 ބިލިއަން މީހުންގެ ތެރެއިން ދެބައި ކުޅަ އެއްބައި މީހުންނަކީ ދަނޑުވެރި މަސައްކަތްތެރިންނެވެ. ގާނޫނަށް ގެނައި ބަދަލާ ގުޅިގެން 150 މިލިއަން ދަނޑުވެރިން އުޅެނީ އިހްތިޖާޖުގަ އެވެ. ރިޕޯޓުތައް ބުނީ ގޮތުން ބޮޑުވަޒީރު ނަރެންދްރަ މޯދީ 2014 ވަނަ އަހަރު ސަރުކާރާ ހަވާލުވެ ވަޑައިގެންނެވި ފަހުން ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ. 

ދަނޑުވެރިންގެ ޔޫނިއަންތަކާއި ސަރުކާރާ ދެމެދު 11 ފަހަރެއްގެ މަތިން މަޝްވަރާތައް ބޭއްވި ނަމަވެސް މި މައްސަލައަށް ހައްލެއް ފެނިފައެއް ނުވެ އެވެ. ސަރުކާރުން ހުށަހަޅާފައި ވަނީ 18 މަސް ވަންދެން ގާނޫނަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމަށެވެ. ނަމަވެސް ދަނޑުވެރިން ބޭނުންވަނީ ގެނައި އިސްލާހު އުވާލާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް