ads
ނަވާޒުއްދީން ސިއްދީގީ--
ހީރޯއަކަށް ނުވެވުނުކަން އެއީ އަހަރެންގެ ނަސީބު: ނަވާޒުއްދީން ސިއްދީގީ
ނަވާޒުއްދީން ސިއްދީގީއަކީ ބޮލީވުޑް ތަރިންގެ ތެރެއިން ހީރޯއެއްގެ ރޯލުން ވަރަށް ނުފެންނަ ތަރިއެވެ. އޭނާ ބުނާ ގޮތުގައި ފިލްމުތަކުގައި ހީރޯއިންނަކީ ވަރަށް ބޮޑުގުޅަ ބަޔެކެވެ. އަދި އެ ރޯލަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ވެސް އޭނާ ވަނީ ސިފަކޮށްފައެވެ.

ނަވާޒުއްދީން ބުނި ގޮތުގައި އޭނާއަކީ ތަފާތު އެކްޓަރެކެވެ. އެހެން ކަމުން ހީރޯފަދަ އާދައިގެ ރޯލު ކުޅުމަށް އޭނާ އެހާ ބޮޑަށް ޝައުގުވެރިކަން ނުހުރެއެވެ. އޭނާ ބުނީ އޭނާއަށް ތަފާތު ރޯލްތައް ކުޅެން ލިބުމުން ވަރަށް ޝުކުރުވެރިވާ ކަމަށެވެ.

ނަވާޒުއްދީން ވަނީ ބޮލީވުޑްގައި ޕޮލިސް އަދި ޑޮކްޓަރުންގެ ރޯލުތަކުން ވަރަށް ގިނައިން ފެނިގެން ގޮސްފައެވެ. އަދި އޭނާ ހީރޯއެއްގެ ރޯލަކުން ފެނިގެން ގޮސްފައެއް ނުވެއެވެ.

ނަވާޒުއްދީންގެ ތިން ފިލްމެއް ކުރިއަށް އަންނަން އޮތް މަސްތަކުގެ ތެރޭގައި ބެލުންތެރިންނަށް ފެނިގެންދާނެ ކަމަށް ވެސް އޭނާ ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް