ads
ވެކްސިން ރަމްޒީކޮށް ހަވާލުކުރުން-- ފޮޓޯ: ސްރީލަންކާ ޓްވީޓް
ކޮވިޑް ވެކްސިން ޖަހައިގެން ލަންކާގައި މިހާތަނަށް ސައިޑް އިފެކްޓެއް ދިމައެއް ނުވޭ
މިދިޔަ ހުކުރު ދުވަހު ސްރީލަންކާގައި ކޮވިޑް ވެކްސިން ދޭން ފަށާފައި ވާއިރު، މިހާތަނަށް އެއްވެސް ނޭދެވޭ އަސަރެއް ނުވަތަ ސައިޑް އިފެކްޓެއް ފެނިފައި ނުވާ ކަމަށް އެގައުމުން ބުނެފި އެވެ.

ސްރީލަންކާގައި ވެސް ދެމުންދަނީ ރާއްޖޭގައި މާދަމާ ދޭން ފެށުމަށް ހަމަޖެހިފައިވާ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުގައި އުފައްދާފައިވާ އޮކްސްފޯޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިނެވެ.

އިންޑިއާގައި މި ވެކްސިނުގެ އެއްލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކުރިއިރު، ލަންކާއަށް ފޯރުކޮށްދީފައިވަނީ ފަސްލައްކަ ޑޯޒެވެ. ލަންކާގައި ހުކުރު ދުވަހު ވެކްސިން ދޭން ފެށީ ސިއްހީ އެހީތެރިންނަށެވެ. 

މި ވެކްސިން ދީގެން މިހާތަނަށް ސައިޑް އިފެކްޓެއް ދިމާވެފައި ނުވާ ކަމަށް ލަންކާއިން ބުނެފައި ވާއިރު، 250،000 މީހުންނަށް ވީ އެންމެ އަވަހަކަށް ވެކްސިން ދީ ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ލަންކާގައި ވެކްސިން ދޭން ފަށާފައި މިވަނީ ކޮވިޑުގެ ހާލަތު ގޯސްވެފައި ވަނިކޮށެވެ. އެގައުމުގައި މި ބަލީގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 300 އަށް ވުރެ މަތިވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް