ads
ފޮޓޯ: މީޑިއާ ކައުންސިލް
ހަމަހަމަ ފުރުސަތު ނުލިބޭތީ މީޑިއާ ކައުންސިލުން ނަސީމްއާ ބައްދަލުކޮށްފި
މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދެމުން ނުދާ މައްސަލައާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ ބައްދަލުކުރައްވައިފި އެވެ.

މީޑިއާ ކައުންސިލުން މިނިސްޓަރު ނަސީމްއާ ބައްދަލުކޮށް ބުނެފައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅިގެން މީޑިއާތަކަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ. 

މީޑިއާ ކައުންސިލުން މިނިސްޓަރު ނަސީމްއާ ބައްދަލުކޮށް އެ ކަންބޮޑުވުން ހިއްސާކުރިއިރު މި ފަހުން ހެލްތު މިނިސްޓްރީން ބޭއްވި އިވެންޓަކަށް ވެސް އެންމެ ދެ މީޑިއާއަކަށް ދައުވަތު ދީގެން ކުރިއަށް ގެންދިޔަ މައްސަލަ ބޮޑުވެ، މިނިސްޓްރީގެ ވައިބާ ގްރޫޕުގައި ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އޭގެ އިތުރުން މާދަމާ ވެކްސިން ދޭން ފަށާނެ ކަމުގެ މައުލޫމާތު ވެސް އެންމެ ނޫހަކަށް ދިނުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ނޫސްވެރިން ދަނީ އެ ގްރޫޕުގައި ހިއްސާކުރަމުންނެވެ. އަދި އެފަދަ ބޮޑެތި މައްސަލަތަކުގައި ހުރިހާ މީޑިއާތަކަށް ހަމަހަމަކަމާއެކު މައުލޫމާތު ދިނުމަށް ނޫސްވެރިން އެދިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް