ads
ސްޕެއިންގައި ބުދެއްގައި މާސްކެއް އަޅުވަނީ:-
100 މިލިއަން މީހުންނަށް ކޮވިޑް ޖެހިއްޖެ!
ދުނިޔޭގައި އެއް މިލިއަން މީހުންނަށް މިހާތަނަށް ކޮވިޑް 19 ގެ ބަލިމަޑުކަން ތަހަންމަން ލުކުރަން ޖެހިފައިވާކަން ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުތައް ދައްކާގޮތުން 102,583,351 މީހުނަށް މިހާތަނަށް މުޅި ދުނިޔެއިން ވަނީ ކޮވިޑް ޖެހިފައެވެ. އަދި މިހާތަނަށް މި ބަލީގައި 2,219,896 މީހުން މުޅި ދުނިޔެއިން މަރުވެފައިވާކަމަށް އެ ޔުނިވާސިޓީގެ ތަފާސް ހިސާބުތައް ބުނެއެވެ. 

މި ބަލިން އެންމެގިނައިން ޖެހިފައިވަނީ އެމެރިކާ މީހުންނަށެވެ. އެއީ 26 މިލިއަން މީހުންނެވެ. އަދި ދެވަނައިގައި އަވަށްޓެރި އިންޑިއާ އޮތް އިރު އެ ގައުމުން 10 މިލިއަން މީހުންނަށް ކޮވިޑް ޖެހިފާވެއެވެ. ތިން ވަނައިގައި އޮތް ބްރެޒިލް އިން 9.7 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް ތަފާސް ހިސާބުތައް ބުނެއެވެ. 

ޗައިނާގެ ވޫހާން ސިޓީން ފެށުނުކަމަށް ބުނާ ކޮވިޑް 19 ގެ ބަލި މަޑުކަން އާލަމީ ވަބާއެއް (ޕެންޑަމިކެއް) ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅީ، 2020 ވަނަ އަހަރުގެ މާރިޗު މަހުގެ 11 ވަނަ ދުވަހުއެވެ. 

މީގެ ކުރިން ދިނިޔެއާއި އެންމެފަހުން ދިމާވި މިފަދަ ޕެންޑަމިކެއް ކަމަށްވާ ސްޕެނިޝް ފުލޫގައި މަރުވެފައިވަނީ 50 މިލިއަން މީހުންނެވެ. އެ ޕެންޑަމިކު އައީ 1918 ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް