ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ--
ސްކޫލުތައް ހުޅުވާފައި ބެހެއްޓުން އެއީ އެންމެ ފައިދާ ހުރި ގޮތް: މިނިސްޓަރު
ސްކޫލުތައް ހުޅުވާފައި ބެހެއްޓުން އެއީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެފަދަ މޭރުމަކުން ޓްވީޓްކުރެއްވީ ޔުނިސެފް މޯލްޑިވްސްއިން ކުރި ޓްވީޓަކާ ގުޅިގެންނެވެ.

ޔުނިސެފް މޯލްޑިވްސްގެ ޓްވީޓުގައި ވަނީ ކިޔަވައިދިނުމުގެ އިތުރުން ވެސް ދަރިވަރުންނަށް ސްކޫލުތަކުން ސިއްހީ އަދި ދުޔަހެޔޮ ކަމަށް ބޭނުންވާ އެކިއެކި ކަންކަން ކޮށްދޭ ކަމަށެވެ. އަދި އެތަންތަން ހުޅުވާފައި ބެހެއްޓުމަކީ ދަރިވަރުންގެ ހައްގުގައި ވަރަށް މުހިއްމު ކަމެއް ކަމަށް ބުނެފައިވެ އެވެ. 

އެކަމާއި ގުޅިގެން މިނިސްޓަރު ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލުތައް ހުޅުވާފައި ބަހައްޓަން ޖެހޭ ކަމަށާއި އުނގަންނައިދިނުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. 

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ސްކޫލުތައް ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން މިއަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ސްކޫލުތައް ހުޅުވާލިއިރު ވަނީ ހުރިހާ ގްރޭޑަކަށް ކިޔަވައިދޭން ފަށާފަ އެވެ. އެހެންނަމަވެސް މާލޭގެ ބައެއް ސްކޫލުތަކުން ކޮވިޑްގެ ކޭސްތައް ފެނިގެންގޮސްފައިވާ އިރު މި ފަހުން ވަނީ ގިޔާސުއްދީން ސްކޫލުގެ ދަރިވަރުންތަކެއް ވެސް ޕޮޒިޓިވްވެފަ އެވެ. 

އެ ސްކޫލުން އޮންލައިން ކްލާސްތައް ކުރިއަށް ގެންދަން ނިންމި ނިންމުމާއެކު އެޑިއުކޭޝަނުން ވަނީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން އަންގާފަ އެވެ. އެކަމުގައި ބެލެނިވެރިންގެ ކަންބޮޑުވުން އިންތިހާއަށް އެބަ ހުއްޓެވެ. 

25%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް