ads
ޔަހޫދީއަކު ކޮވިޑް ވެކްސިން ޖަހަނީ-- ފޮޓޯ: ރޮއިޓާޒް
އިޒްރޭލުން ފަލަސްތީނަށް ކޮވިޑް ވެކްސިނުގެ 5000 ޑޯޒް
ފަލަސްތީނުގެ ފްރަންޓްލައިނު މަސައްކަތްތެރިން ކޮވިޑް-19 އިން ރައްކާތެރި ކުރުމަށް ވެކްސިނުގެ 5000 ޑޯޒް ހަދިޔާކުރަން އިޒްރޭލުން ނިންމައިފި އެވެ.

މިއީ ފަލަސްތީނު މީހުންނަށް ވެކްސިން ދޭނެ ކަމަށް އިޒްރޭލުން ބުނި ފުރަތަމަ ފަހަރެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބެނީ ގާންޓްޒް ވިދާޅުވީ 5000 ޑޯޒް ދިނުމަށް ނިންމީ ފްރަންޓްލައިނުގައި އުޅޭ ފަލަސްތީނުގެ ސިއްހީ މީހުން ބަލިން ރައްކާތެރި ކުރުމަށް ކަމަށެވެ.

އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕުތަކުން މީގެ ކުރިން ވަނީ އިޒްރޭލުން ފަލަސްތީނަށް ވެކްސިން ނުދޭތީ ފާޑުކިޔާފަ އެވެ.

ނަމަވެސް އިޒްރޭލުން ބުނަނީ ފަލަސްތީނު ރައްޔިތުންނަށް އިޒްރޭލް ސަރުކާރުން ވެކްސިން ފޯރުކޮށްދޭން ނުޖެހޭނެ ކަމަށެވެ. 

ވެކްސިން ދިނުމުގެ ޕްރޮގްރާމުގައި އެންމެ ކުރީގައި އުޅޭ އެއް ގައުމަކީ އިޒްރޭލެވެ. އިޒްރޭލުގައި ދެނީ ފައިޒާ އަދި މޮޑާނާ ވެކްސިނެވެ. މިހާތަނަށް ފަލަސްތީނުގެ ވެކްސިން ދޭން ފަށާފައެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް