ads
ރައީސް ނަސީދު އަދި ރަޝީދު
ރަޝީދަކީ ޒަމާނީ ދިވެހިރާއްޖެ އުފެއްދެވުމުގެ އެންމެ ބޮޑު މޭސްތިރި: ރައީސް ނަޝީދު
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގްބް އަރުވާފައިވާ ހެންވޭރު ޒޮނޭރިއާ އިބްރާހީމް ރަޝީދަކީ ޒަމާނީ ދިވެހިރާއްޖެ އުފެއްދެވުމުގެ އެންމެ ބޮޑު އެއް މޭސްތިރި ކަމަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނާއި އިބްރާހީމް ރަޝީދު ފެންނަ ފޮޓޯއަކާއިއެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރަޝީދަކީ ޒަމާނީ ދިވެހި ރާއްޖެ އުފެއްދުމުގެ އެންމެ ބޮޑު އެއް މެއިސްތިރިކަމަށާއި ދައުލަތައް ހިދުމަތް ކުރެއްވުމުގައި އެންމެ އާދައިގެ މުވައްޒަފަކުން ފެށިގެން ބޮޑުވަޒީރުގެ ނައިބުކަން ވަނީ ކުރައްވާފައި ކަަމަށެވެ. 

ރައީސް ނަޝީދުވަނީ މަރުހޫމް އިބްރާހިމް ރަޝީދުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާ އާއިލާއަށް ކެއްތެރިކަން ދެއްވުމަށް ދުއާ ދަންނަވާފައެވެ. 

 

އިބްރާހީމް ރަޝީދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ހެންވޭރު ކަރަންކާގޭގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.

އިބްރާހީމް ރަޝީދު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފަ އެވެ.

އަދި އެ ހަބަރު ލިބިވަޑައިގަތުމާ ގުޅިގެން އިބްރާހީމް ރަޝީދުގެ ދަރިކަނބަލުން އަލްފާޟިލާ އާއިޝަތު ރަޝީދުއާއި އަދި މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ދަރިކަލުން މުހައްމަދު ރަޝީދާ، ރައީސް ސޯލިހް ވަނީ ފޯނުން ގުޅުއްވައި އެ ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ ތައުޒިޔާ ދަންނަވާފައެވެ. އަދި އެމަނިކުފާނު އަވަހާރަވުމަކީ، މުޅި ގައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން އާއިލާއަށް ލިބުނު ފުން ހިތާމައަށް ކެތްކުރެއްވުމުގެ ހިތްވަރު ދެއްވައި، މަރްހޫމުގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދިވަޑައިގެން ރައީސް ވަނީ ދުއާ ދަންނަވާފައެވެ.

އިބްރާހީމް ރަޝީދުގެ މޫނުފުޅު ދެކެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ހެންވޭރު ކަރަންކާގެއަށް ޒިޔާރަތް ކުރެއްވިއެވެ.

އިބްރާހީމް ރަޝީދު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހެންވޭރު ކަރަންކާގޭގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ
92 އަހަރެވެ.

އިބްރާހީމް ރަޝީދަކީ، ހުރަވީދަރިކޮޅުގެ ޝާހީ ރަސްކަމުގެ އާއިލާއާއި ވެރިކަމުގެ އާއިލާއިން ވަޑައިގެންނެވި ބޭފުޅެކެވެ. އިބްރާހީމް ރަޝީދު، ސަރުކާރުގެ ހިދްމަތް ފަށްޓަވާފައިވަނީ، 24 ނޮވެމްބަރ 1942 ގައެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދްމަތް ކުރައްވާފައިވެއެވެ. ފުރަތަމަ އަދާކުރެއްވީ، ރައްޔިތުންގެ ބޮޑު އިސްޓޯރުގެ ކާތިބު ކަމެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާތިބެއްގެ ގޮތުން ހިދްމަތްކުރައްވައި، ޤައުމީ ހިދުމަތުގައި އެކި މަރުޙަލާތައްވަނީ ކަޑައްތު ކުރައްވާފައެވެ.

އިބްރާހީމް ރަޝީދަކީ، ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭގެތެރޭގައި މާބަނޑޭރި އޮފީހުގެ ރަދުންގެ ކާތިބުއްސިއްރު ކަމާއި، ވުޒާރަތުއް ދާހިލިއްޔާގެ ވަޒީރުގެ ނައިބު ކަމުގެ މަގާމާއި، ވުޒާރަތުލް މައާރިފުގެ ނައިބު ކަމުގެ މަގާމާއި، ވަޒީރުލްއަޢުޡަމްގެ ހާއްސަ ސެކްރެޓަރީކަމާއި، ވަޒީރުލްއައުޒަމްގެ ނައިބު ކަމުގެ މަގާމާއި، މިނިސްޓާ އޮފް ހެލްތު ކަމުގެ މަގާމާއި، މިނިސްޓާ އޮފް ހޯމް އެފެއާޒް ކަމުގެ މަގާމާއި، ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމު ހިމެނެއެވެ. އެމަނިކުފާނަކީ، ރައްޔިތުންގެ މަޖިލީހުގެ ޒައީމްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އިބްރާހީމް ރަޝީދަށް ވަނީ ލިބިވަޑައިގެންފައެވެ. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަޤަބް، އެމަނިކުފާނަށް އަރުވާފައިވަނީ 26 ޖުލައި 2011 ގައެވެ.

އިބްރާހީމް ރަޝީދުގެ  ޤައުމީ ހިދްމަތްތަކަށް ބަލާއިރު، އިނގިރޭސީންގެ ހިމާޔަތުގެ ދަށުން، ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ކުރެވުނު ގައުމީ ޖިހާދުގައި ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ އަރިހުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ، އެމަނިކުފާނެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް