ads
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް--
ފައިޒާ ވެކްސިން ރާއްޖެއަށް ގެންނަނީ
ފައިޒާ-ބަޔޯއެންޓެކް އިން ތައްޔާރުކުރި ކޮވިޑް ވެކްސިން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ވެކްސިން ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އިތުރު ބާވަތްތަކުގެ ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ފައިޒާ ވެކްސިން ވެސް ހިމެނޭ ކަމަށެވެ.

ފައިޒާ ވެކްސިން އެމެރިކާގައި ވެސް ދެމުން އަންނައިރު މި ވެކްސިނަކީ ކާމިޔާބު ވެކްސިނެކެވެ.

ފައިޒާ އިން ތައްޔާރު ކޮށްފައިވާ ވެކްސިން ބޭނުންކުރަނީ އެމްއާރުއެންއޭ ޓެކްނޮލޮޖީ އެވެ. އެމްއާރުއެންއޭ ގައި ކޮވިޑް-19 ވައިރަސް ޕްރޮޓީން "އުފެއްދުމަށް" ބޭނުންވާ މައުލޫމާތު އެކުލެވިގެންވެ އެވެ. އެ ޕްރޮޓީން ހަށިގަނޑުގެ ތެރޭ އުފެދުމަށްފަހު، ދިފާއީ ނިޒާމް ހޭލައްވާލައި، ވައިރަސް ޕްރޮޓީންތައް މަރާލާ ފެކްޓްރީއަކަށް މުޅި ހަށިގަނޑު ބަދަލުކޮށްލަ އެވެ.

ކޮވިޑް-19 އާއި ދެކޮޅަށް މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ވެކްސިންތަކުގެ ތެރޭގައި ފައިޒާ ވެކްސިން ހިމެނޭއިރު އެންމެ ފަހުން ހެދި ތަހުލީލްތަކުން ދައްކާ ގޮތުގައި އެ ވެކްސިނުން ވެސް ކޮވިޑް-19 ގެ އަލާމާތްތަކާއި ދެކޮޅަށް 95 އިންސައްތަ ކާމިޔާބީ ހޯދާފައިވެ އެވެ.

ފައިޒާ އިން ތައްޔާރުކޮށްފައިވާ ވެކްސިން ދެ ޑޯޒަކަށް ބަހާލައިގެންދޭ އިރު، ފަހުން ކުރި ތަހުލީލުތަކުން ދައްކާ ގޮތުގައި ވެކްސިން ދިން ފަރާތްތަކުގެ ހަށިގަނޑުގައި އިތުރު އެއްވެސް ގޮތް ނޭނގޭ ބައްޔެއްގެ އަލާމާތެއް ފެނިފައެއް ނުވެ އެވެ.

ފައިޒާގެ ވެކްސިން ރައްކާކުރަން ޖެހެނީ 70- ޑިގްރީސް ސެލްސިއަސްގެ ފިނިހޫނުމިނުގަ އެވެ.

މިއަދު ރާއްޖޭގައި ދޭން ފަށާފައި ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރެޒެނެކާ އިން ތައްޔާރުކޮށްފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިނަކީ ވެސް ޓްރަޔަލްތަކުން ރަނގަޅު ނަތީޖާއެއް ދައްކާފައިވާ ވެކްސިނެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޝީލްޑް ވެކްސިން ވެސް އަންނަނީ ދެމުންނެވެ.

38%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް