ads
ވިރާޓް އާއި އަނުޝްކާ--
ވިރާޓް އާއި އަނުޝްކާގެ ދަރިފުޅު ދައްކާލައިފި
ވިރާޓް ކޯލީ އާއި އަނބިމީހާ އަނުޝްކާ ޝަރްމާއަށް މިދިޔަ މަހުގެ 11 ވަނަ ދުވަހު ދަރިއަކު ލިބިފައިވާއިރު މިއަދާ ހަމައަށް ވެސް ކުއްޖާގެ ފޮޓޯއެއް ދުނިޔެއަށް ދައްކާލާފައެއް ނުވެ އެވެ. ދަރިފުޅަށް ދިން ނަން ވެސް ހިއްސާކޮށްފައި ނުވާއިރު ވިހެއުމާއެކު އެ ދެމަފިރިން އެދުނީ ކުއްޖާގެ ފޮޓޯ ޕަޕަރާޒީން ނުނެގުމަށެވެ.

އެކަމަކު މިއަދު އެންމެ ފަހުން ވިރާޓް އާއި އަނުޝްކާ މި ވަނީ އެމީހުންގެ ދަރިފުޅު ދުނިޔެއަށް ދައްކާލާފަ އެވެ. އެކަމަކު ކުއްޖާގެ މޫނެއް ނުދައްކަ އެވެ. މީގެ ކުރިން ރިޕޯޓްތައް ބުނި ގޮތުގައި ކުއްޖާއަށް ކީ ނަމަކީ އަންވީ އެވެ. 

އެކަމަކު އިންސްޓަގްރާމު މެދުވެރިކޮށް އަނުޝްކާ ވަނީ ދުނިޔެއަށް ދަރިފުޅު ތައާރަފުކޮށްދީފަ އެވެ. އެގޮތުން ނަމަކަށް ކިޔާފައި ވަނީ ވަމިކާ ކަމަށް ބުންޏެވެ. 

your imageއަނުޝްކާ އާއި ވިރާޓް--

ވިހެއުމާއެކު ދެމަފިރިން އެދުނީ ދަރިފުޅުގެ ފޮޓޯ ނުނެގުމަށާއި އެ ކުއްޖާއާ ގުޅޭ ގޮތުން އެއްްވެސް ކޮންޓެންޓެއް ނުގެނެސްދިނުމަށެވެ. އަދި އެ މީހުންގެ އެ ނިންމުމަށް އިހުތިރާމު ކުރުމަށް އެދި ބުނީ އެ ދެމަފިރިންގެ މަސައްކަތާ ގުޅޭ ކަންކަން ހިއްސާކުރާނެ ކަމަށެވެ.  

ތަރިންގެ ދަރިންނަކީ ޕަޕަރާޒީންގެ އުނދަގޫ އިންތިހާއަށް ކުރިމަތިވާ ބަޔެކެވެ. އެހެންނަމަވެސް އަނުޝްކާ އާއި ވިރާޓް ބޭނުންވަނީ އެމީހުންގެ ދަރިއަށް އާދައިގެ ދިރިއުޅުމެއް ހޯދައިދޭށެވެ.

އަނުޝްކާ އާއި ވިރާޓް ކޯލީއަކީ ބޮލީވުޑުގެ އެންމެ ލޯބި އެއް ޖޯޑެވެ. 2017 ވަނަ އަހަރު އިޓަލީގައި ދެމީހުން ކައިވެނި ކުރިއިރު މިއީ އެމީހުންގެ އަލަތު ދަރިފުޅެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް