ads
ރައީސް ވަހީދު-- ފޮޓޯ: އަވަސް
މިޔަންމާ ބަގާވާތް 7 ފެބްރުއަރީއާ އެއްހަމަ ކުރުމަކީ ސިފައިންނަށް ގޯނާކުރުން: ވަހީދު
މިއަދު ހެނދުނު މިޔަންމާގައި ހިންގި ކަންކަމަކީ 7 ފެބްރުއަރީ، 2012 ގައި ރާއްޖޭގައި ހިނގި ކަންކަމާ ވަރަށް އެއް ގޮތް ކަމެއް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް ރައްދުދެއްވައިފި އެވެ.

މިއަދު ހެނދުނު މިޔަންމާގައި ހިންގި ބަގާވާތަށް ފަހު ހައްޔަރު ކުރި އެ ގައުމުގެ ލީޑަރު އަންގް ސަން ސޫ ކީ މިނިވަންކުރުމަށް ގޮވާލާއި ރައީސް ނަޝީދު ވަނީ ޓްވީޓްކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ސޫ ކީގެ ޕާޓީން ނޮވެމްބަރުގެ އިންތިހާބު ކާމިޔާބުކޮށްް، މަޖިލިސް މެމްބަރުން މިއަދު ޖަލްސާތައް ފަށަން ތާވަލުކޮށްފައި އޮއްވާ މި ހިންގީ ލަދުވެތި އަމަލެއް ކަމަށެވެ.  

އެކަމާއި ގުޅިގެން ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިޔަންމާގެ އަސްކަރީ އިންގިލާބާ ފެބްރުއަރީ ހަތެއްގެ ރިޔާސީ އިސްތިއުފާއާ އެއްވަރު ކުރުމަކީ ދިވެހި ލޮބުވެތި ސިފައިންނަށް ގޯނާކުރުން ކަމަށެވެ. 

މިޔަންމާގައި 2011 ވަނަ އަހަރާ ހަމައަށް އޮތީ އަސްކަރީ ވެރިކަމެވެ. 2011 އަށް ފަހު އެ ގައުމަށް ޑިމޮކްރެޓިކް ބަދަލުތައް ގެންނަން ފެށި އެވެ.

މިއަދު ހެނދުނު އަސްކަރިއްޔާއިން ބުނީ ދެން ވެރިކަން ކުރާނީ ކޮމާންޑާ އިން ޗީފް މިން އޯންގް ލެއިންގް ކަމަށެވެ. އަދި އެއީ އިންތިހާބުގައި މަކަރު ހަދާފައި ވާތީ ކަމަށް ބުންޏެވެ. 

ރާއްޖެއަށް ބަލާއިރު ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތްވަނަ ދުވަހު ވެއްޓުނީ ސަރުކާރާ ދެކޮޅަށް އާންމުން ނިކުމެ ކުރި މުޒާހަރާތަކާއި ފުލުހުންނާއި ސިފައިން ގުޅި، ހިނގި ހަމަނުޖެހުންތަކާއެކު އެވެ.  

ރައީސް، ނަޝީދުގެ ނައިބް ރައީސްގެ ގޮތުގައި ހުންނެވި ވަހީދަށް ރައީސްކަން ލިބިވަޑައިގަތީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މަޖިލީހުގެ ރައީސް އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން ގަބޫލުކުރަނީ އެ ދުވަހު ހިނގާދިޔަ ކަންކަމަކީ ބަގާވާތެއް ކަމަށެވެ. އެގޮތުން ވަރަށް ފަހުން ރައީސް ނަޝީދު ވަނީ 2012 ވަނަ އަހަރުގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރެވިއްޖެނަމަ އެއީ ބަގާވާތެއްކަން ވަރަށް ބޮޑަށް ސާފުވާނެ ކަމަށް ވިދާޅުވެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް