ads
ކުރެދިވަރު--
މައްސަލަ ނިމެންދެން މޫވެންޕިކް ކުރެދިވަރު އެހެން ބަޔަކަށް ނުދެވޭނެ: ކޯޓު
މުވެންޕިކް ކުރެދިވަރު ރިސޯޓުގެ ބައެއް ހިއްސާދާރުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުނިމެނީސް އެހެން ބަޔަކަށް އެތަން ވިއްކުމުގެ އެއްވެސް މުއާމަލާތެއް ނުހިންގޭނެ ކަމަށް ހައިކޯޓުން ބުނެފި އެވެ.

އެގޮތަށް ހައިކޯޓުން އަމުރެއް ނެރެފައިވަނީއެ ރިސޯޓު ހިންގަމުން އަންނަ ޒެން ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ އޮންނަ މައި ކުންފުނި، ރިޖްވުޑް ހޮޓެލްސްގެ ހިއްސާ ބަދަލުކުރި މައްސަލައަކާއި ގުޅިގެން އެއް ހިއްސާދާރަކު ވަގުތީ އަމުރަކަށް ހައިކޯޓުގައި އެދުމުންނެވެ. 

ރިޖްވުޑް ހޮޓެލްސް ގެ ހިއްސާދާރުންގެ ގޮތުގައި ދެ ދިވެހިންނާއެކު ހަތް ޕޮލެންޑް މީހަކު ހިމެނެ އެވެ. އެކަމަކު ހިއްސާ އޮތް ބޭރުގެ ތިން މީހަކު ވަނީ އެހެން ހިއްސާދާރުންނަށް ނޭނގި ރިޖްވުޑްގެ ހިއްސާ އެމީހުންގެ ނަމަށް ބަދަލުކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

އެހެންވެ ސިވިލް ކޯޓުން މައްސަލަ ނިމުމުގެ ކުރިން އެ ރިސޯޓު އެހެން ބަޔަކަށް ވިއްކުމުގެ މުއާމަލާތެއް ހިންގުމުގެ ފުރުސަތު އޮތުމާއެކު ހިއްސާދާރަކު ވަނީ އެގޮތަށް އެކަން ނުކުރެވޭނެ ކަމުގެ އަމުރެއް ނެރެދޭން އެދިފަ އެވެ. ސިވިލް ކޯޓުން އެފަދަ އަމުރެއް ނެރެދީފައި ނުވާތީ އެ މައްސަލަ އެންމެ ފަހުން ވެއްދީ ހައި ކޯޓަށެވެ. 

އަދި ހައިކޯޓުން ވަނީ ސިވިލް ކޯޓުން ވަކި ގޮތެއް ނުނިމެނީސް މޫވެންޕިކް ރިސޯޓްގެ ހެޑް ލީޒް އެހެން ބަޔަކަށް ބަދަލުނުކުރެވޭނެ ކަމަށް ނިންމާފަ އެވެ. އެގޮތުން ރިޖްވުޑްގެ ހިއްސާ ވަކި ބަޔަކަށް ބަދަލުކުރުމާއެކު އެހެން ހިއްސާދާރުންގެ ހައްގުތަކަށް ބަދަލު އަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް