ads
ޖާވެދު އާއި ކަންގަނާ-
ކަންގަނާ ކޯޓަށް ހާޒިރު ކުރަނީ
ސުޝާންތް. ސިންގް ރާޖްޕުތް މަރުވި ފަހުން ކަންގަނާ ވަނީ ކޮންމެ ދުވަހު ހެޑްލައިންތަކަށް އަރާ ތަރިއަކަށް ވެފައެވެ. ފިލްމީ މަސައްކަތާ ގުޅޭ ގޮތުން ނޫން ނަމަވެސް އޭނާ ކަންކަމާ ދޭތެރޭ ދެކޭ ތަފާތު ވާހަކަ ސޯޝަލް މީޑިއާގައާއި އަދި އެހެން ތަންތަނުގައި ވެސް ދައްކައި އުޅެއެވެ. އެހެން ކަމުން ބައެއް ފަހަރު ކަންގަނާ ހޫނު ފެނަށް ވެސް ވެއްޓިފަ އެބަހުއްޓެވެ. މިފަހަރު މިއޮތީ ސޯންގް ކޮމްޕޯސަރު ޖާވެދް އަހްތަރު ފުލުހަށް ހުށަހެޅި މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރު ވާން އަންގާފައެވެ.

ޖާވެދު ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ކަންގަނާ ރިޕަބްލިކް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ޖާވެދްގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފަ ވާކަމަށެވެ.

ޖާވެދު ބުނީ ސުޝާންތްގެ މަރާއި އޭނާ އާއި ގުޅުވައިގެން ކަންގަނާ ދެއްކި ވާހަކަތަކަކީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށެވެ. އަދި އެކަން ކޯޓުގަ ވެސް ސާބިތުކޮށްދެވޭނެ ކަމަށް ކަންގަނާ ބުނެއެވެ.

މިމައްސަލަ ޖާވެދު ފުރަތަމަ ހުށަހެޅި މަމްބައި ކޯޓަށެވެ. ނަމަވެސް އެ ކޯޓުން ވަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަން ފެނޭ ކަމަށް ބުނެ ފުލުހުންގެ މައްޗަށް އެމައްސަލަ  އިތުރަށް ތަހުގީގު ކުރުމަށް އެދި ހުކުމްކޮށްފައެވެ. 

ފުލުހުން ތަހުގީގުން ނިންމީ އެމައްސަލާއިގަ ކަންގަނާ ޖާވެދުގެ އަބުރަށް ގެއްލުންވާ ފަދަ ވާހަކަ ދެއްކި ކަމަށެވެ. 

ސުޝާންތު އަމިއްލައަށް މަރުވާން މަޖުބޫރު ކުރުވި "ގޭންގުގެ" މެމްބަރެއްގެ ގޮތުގައި ކަންގަނާ ވަނީ އަހްތަރު ސިފަކޮށްފަ އެވެ. އޭގެ ސަބަބުން އަހްތަރުގެ އަބުރަށް އުނިކަން އައިސްފައިވާ ކަމަށް ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ ބުނެފަ އެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް