ads
މޫދަށް އެރި އުޅޭ މީހެއް
ނުރައްކާތެރި ފެނު ޕަރީ
ބައެއް ހާދިސާތަކަކީ އަބަދުވެސް ހިތުގައި ހަރުލާފައި ހުންނަ ހަދާންތަކެވެ. ކިތަންމެ ހިތްދަތި ވިޔަސް، ބިރުވެރިވިޔަސް އެ ހަދާންތަށް ސިކުޑީގައި ހަރުލާފައި ހުރެއެވެ. އުމުރު ދުވަހަށެވެ.

އަހަރެންގެ އުމުރުން މިހާރު 20 އަހަރު ވެއްޖެއެވެ. ނަމަވެސް 5 އަހަރު ވެގެން ދިޔައިރުވެސް ހަދާނުގައި އެއް ހާދިސާއެއް ހަރުލާފައި ހުރެއެވެ. ކޮންމެ ރެއަކު ހުވަފެނުންވެސް އެ މަންޒަރުތަށް ފެނެއެވެ. އަހަރެން އެ ހިޔާލުތަކާ މެދު ނުވިސްނިޔަސް އެވެ. އެ ހަދާންތަކުން އަހަރެން ނުތަނަވަސް ކުރުވައެވެ.

އެ ހާދިސާ އަކީ އަހަރެން މުޅި އުމުރުގައި ކުރެވުނު އެންމެ ހިތި އަދި ބިރުވެރި ކަންތައްގަނޑެވެ. ހީނުކޮށްހުއްޓާ މުޅި ދިރިއުޅުން އެއްކޮށް ބަދަލް ކޮށްލުމުން ނެވެ. 

އަހަރެންގެ އުމުރުން ވާނީ 15 އަހަރެވެ. ފުރާވަރުގެ އެންމެ އުފާވެރި ދުވަސްތައް ދިޔައީ ގުނަމުންނެވެ. ކިޔެވުމުގައި ރީތި ވަނަތައް އަހަރެން ދިޔައީ ހާސިލް ކުރަމުންނެވެ. މައިންބަޕައިންގެ ފުރިހަމަ ލޯއްބާއި ރަހުމަތްތެރިންގެ އެއްބާރުލުން އަހަރެންނަށް ލިބެމުން ދިޔައެވެ.

އެގޮތުން ސުކޫލް ދަތުރަކު އަހަރެން ދިޔަ ޓްރިޕްއަކީ ހަޔާތުގެ އެންމެ ހިތި ތަޖުރިބާއަށް ވެގެން ދިޔައީ ސިއްސުވާލާފައެވެ.

އެއީ ހަފްތާގެ ހޮނިހިރު ދުވަހެވެ. ކުލާސް ހުރިހާ ކުދިން ވެސް ދިޔައީ އެ ދަތުރަށް ތައްޔާރު ވަމުންނެވެ. ދަބަހަށް އެއްޗިހި އަޅައިގެން ހުރިހާ ކުދިން ވެސް ފުރަން ބަދަރަށް އައިސް ތިއްބެވެ. 

ބަރާބަރު 7:00 ސުންމިނެޓްގައި ލޯންޗް އަހަރުމެން ބަލާއަކެވެ. އަވަހަށް ލޯންޗަން ހުރިހާ ކުދިން އެރިއެވެ. އަހަރެން ފުރުމުގެ ކުރިން މަންމައަށް ހަނާ އަޅާލީމެވެ. އަލްވަދާއު ކިޔުމުގެ ގޮތުންނެވެ.

ދުވަހަކީ އާދައިގެ ދުވަހެކެވެ. ކަނޑުގައި ހީވަނީ ހިމޭން ސާއްޔެއް ލާފަހުރިހެންނެވެ. ފިނި މަޑު ވަ އިރޯޅިތަކުން ދިޔައީ ހިތަށް ހިންހަމަ ޖެހުން ގެނެސްދެމުންނެވެ. ނަމަވެސް މި ހަމަހިމޭން ކަމަކީ ކުރިޔަށް އޮތް ތޫފާން ކަމުގައި ހީކުރާނީވެސް ކާކުހެއްޔެވެ.

އަހަރުމެން މަންޒިލަށް ދެވުނީ 10:30 ވި ފަހުންނެވެ. އަވަހަށް ސައި ބޮއިގެން ރަށްތެރެ ބެލުމަށް އެންމެން ވެސް އަވަސްވެ ގަތެވެ. ނަމަވެސް އަހަރެންގެ ބޮލުގައި ރިއްސަން ފެށުމުން ކޭޕްތައް ޖަހާފައި ހުރި ހިސާބުގައި އަހަރެން މަޑު ކުރީމެވެ. އަހަރެންނާ އެކު ދެތިން ކުއްޖެއް ވެސް މަޑު ކުރިއެވެ.

އަހަރެން އެތާ ގަހެއްގެ ހިޔަލުގައި ޖައްސާލީމެވެ. ބޮލުގަ ހިރުން ކެނޑޭތޯއެވެ. އަހަރެންގެ ގާތުގައި މީހެއްގެ ހިލަމެށް ވުމުން އަހަރެން ލޯ ހުޅުވާލީމެވެ. އޭރު އަހަރެން ނުވެސް ދެކޭ ކުއްޖެއް އަހަރެންގެ ކައިރިގައި ހުއްޓެވެ.

ސުވާލުން ފުރިގެންވާ ނަޒަރަކުން އަހަރެން އޭނާއަށް ބަލާލީމެވެ. އޭނާ އަހަރެންނަށް ހިނިތުން ވުމެއް ރައްދުކުރިއެވެ. ނަމަވެސް ވާހަކައެއް ނުދައްކައެވެ. އޭނާ އަހަރެންނާ ދިމާލަށް ބަލަން ހުރުމަށް ފަހު ދިޔައެވެ. އަހަރެން އޮތް ތަނުން ތެދުވެގެން އަހަރެންގެ ރަހުމަތްތެރިން ދިރިއުޅޭ ސަރަހައްދައް ދިޔައީމެވެ. އެމީހުން ކައިރީގައި ދެންމެ އަހަރެން ކައިރީގައި އިން ކުއްޖާ ދެކުނިންތޯ ސުވާލު ކުރީމެވެ. ނަމަވެސް އަހަރުމެންގެ އިތުރުން އެހެން ކުއްޖަކު ނޫޅޭ ކަމަށް އެމީހުން ބުންޏެވެ.

އަހަރެންގެ ހިތުގައި ބިރުވެރިކްނ އުފެދުނެވެ. ނަމަވެސް އެކަން އަހަރެން ހާމައެއް ނުކުރަމެވެ. މާގިނަ އިތުރަކެއް ނުވެ ރަށް ބަލަން ދިޔަ ކުދިންތަށް ވެސް އަތުވެއްޖެއެވެ. މެންދުރުގެ ކެއްކުމާ ވެގެން އެންމެން އުޅެންފެށިއެވެ. އެކި އެކި ސަކަރާތުގައެވެ. އެހެން ކަމުން ހިނގި އެ އަޖައިބު ހާދިސާ އަހަރެންގެ ހަދާނުން ދިޔައެވެ.

މެންދުރު ކެޔުމަށް ފަހު އެންމެން ވެގެން ފައިގަ ތަޅާ ކުޅުމުގައި ހޭބޯނާރާ އުޅުނެވެ. އަދި ވަރުބަލިވުމުން މޫދަށް އެރެން ދިޔައެވެ. އަހަންނަށް ފަތާކަށް ނޭންގެއެވެ. ނަމަވެސް ގިނަ ކުދިން އާދޭސް ކުރަން ފެށުމުން އަހަރެން އެމީހުންނާ އެކު ދިޔައީ މެވެ. ފައިޖެހޭ ތިލަ ހިސާބުގައި އަހަރެން އިނީ ހުރިހާ އެންމެން މަޖާ ކުރާތަން ބަލާށެވެ.

ކުއްލިއަކަށް އަހަރެންގެ ފައިގައި ބާރުބާރަށް މީހަކު ހިފިކަމުގެ އިހްސާސް ވިއެވެ. ދެން އަހަރެން ފުން ހިސާބަށް ދަމައިގަތެވެ. އަހަރެން އަޑުގެ ނެތްތަނަށް ހަޅޭލަވައިގަތީމެވެ. ފެން މަތީގައި އޮށްނަން އަހަރެން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަހަރެންގެ ފައިގައި ހިފާފައިވާ އަތުން ދިޔައީ ފައިގާ ހިފާ ދަމަމުންނެވެ. 

އަހަރެންނަށް ލޮނު ބޮވެން ފެށިއެވެ. ވަރުބަލި ވެގެން އަހަރެންގެ ހެޔަށް ގޮތެއްވާން ފެށިއެވެ. ދެން ވީނުވީއެއް އަހަރެންނަކަށް ނޭންގެއެވެ. ހޭލެވުނު އިރު އަހަރެން އޮތީ ހޮސްޕިޓަލް އެދުގައެވެ. މަންމަ އިނީ އެދުކައިރީގައި ފެން ކަޅިވެފައެވެ. އަހަރެން ލޯ ހުޅުވާލިތަން ފެނުމުން އަވަހަށް ޑޮކްޓަރަށް މަންމަ ގޮވިއެވެ. އަހަރެންގެ ޗެކްއަޕް ހެދުމަށްފހު ހުރިހާކަމެއް ރަނގަޅުކަމަށް ޑޮކްޓަރު ބުންޏެވެ.

ފައިގާ އަތުން ހިފާފައި ހުރި ނިޝާންތަން އޭރުވެސް އަރެންގެ ފައިން ފެންނަން ހުއްޓެވެ. ނަމަވެސް ޑޮކްޓަރު ނިންމީ އެއީ މޫދުގެ ގައުތަކުން ލިބިފައި ހުރި އަނިޔާތަކެއް ކަމަށެވެ. އެތަނުގާ އުނގުޅަން ބޭހެއްވެސް ދިނެވެ.

ގަޔައް ޖަހާފައިވާ އައިވީ ހުސްވުމާއެކު އަހަރެން ގެއައް ދޫކޮށްލިއެވެ. މަންމެ ސުވާލުތަށް ބަންޑުންވީ އެހާ ހިސާބުންނެވެ. އެއީ ކިހިނެއް ހިނގި ހާދިސާ އެއްތޯ ސުވާލުކުރަން ފެށިއެވެ. އަހަރެނަކަށް ބުނާނެ އެއްޗެއް ނޭންގުނެވެ. ކިޔާދޭނެ ގޮތެއް ވެސް ނޭންގުނެވެ. އެއީ އެ ހާދިސާ އަހަރެންނަށް ވެސް ރަނގަޅަށް ނުވިސްނޭތީއެވެ.

އެހެންކަމުން ގެބުނީއޭ ބުނެ އަހަރެން އެވާހަކަ ހަމަޖައްސާލީމެވެ. މަންމަ އަހަރެންނަށް ބޮޑު ލެކްޗަރެއް ދިނެވެ. ފަތަން ދަސްކުރަން އުޅޭށޭވެސް ބުނިއެވެ. ނަމަވެސް އަހަރެންނަށް ދެން މޫދަކަށް އެރޭކަށް ނުކެރޭނެއެވެ.

އެ ހާދިސާއަށް ފަހު އަހަރެންނަށް ކޮންމެ ރެޔަކު ހުވަފެނުގައި އެ މަންޒރުތައް ފެނެއެވެ. ދުވާލު އަހަރެން ހުންނަނީ ނެގި މަޑުވެފައެވެ. އެކަން ފާހަގަ ވުމުން މަންމަ އަހަރެން ޑޮކްޓަރަށް ވެސް ގެންދިޔައެވެ. ކައުން ސިލިންވެސް ދިނެވެ. ނަމަވެސް އެ ބިރުވެރި ހާދިސާގެ ހަދާންތައް ނުފިލައެވެ.

އެ ހާދިސާއައް މިހާރު 5 އަހަރު ވެފައި ވީނަމަވެސް އަދިވެސް އެ ބިރުވެރި ހާދިސާ ދެންމެ ވީ ކަމެއްހެން އަހަރެންގެ ސިކުނޑީގައި ވެއެވެ. އަދި އެ ހާދިސާއާ ގުޅުންހުރި އެތަށް ސުވާލުތަކެއް އަހަރެންގް މެގައި ކަފުން ވެފައިވެއެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް