ads
ޕީޕީއެމް ކޯލިޝަންގެ ހައްސަ އެޑްވައިޒަރުކަން ރައީސް ވަހީދަށް ދެއްވަމަށް ބެއްވި ހަފްލާގެ ތެރެއިން:- ފޮޓޯ ސަން
ބަގާވާތަކަށް އަދުރޭ ގޮވާލައިފި: މިސާލަކަށް ނެގީ ބަރުމާ!
ބަރުމާގައި ތިބި ވެރިން ހައްޔަރު ކުރުމަށް ފަހު އެގައުމުގެ އަސްކަރިއްޔާއިން އެގައުމުގެ ރައީސް އަން ސަންގް ސޫ ކީ އާއި އެގައުމުގެ އިސްވެރިން ހައްޔަރުކޮށް އެ ގައުމުގެ މަޖިލިސް ހިސޯރުކި ކުރުމަށް ހިނގި ބަގާވާތައް ތާއީދުކޮށް، މިއީ ރައީސް ސާލިހު ވެސް ހިފާ ހައްޔަރު ކުރަންވީ ވަގުތުކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވެއްޖެއެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލައި، އަދި މިހާރުވެސް ދައުލަތުގެ ފަރާތުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅުވައިގެން އެތައް ދައުވާއެއް އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމިން މިނިވަން ކުރުމަށް ގޮވާލާ ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި މިޔަންމާގައި ހިންގި ބަގާވާތުގެ ވާހަކަ އަދުރޭ ދައްކަވާފައިވަނީ ހިނިފުޅު ވަޑުވަމުންނެވެ. 

"ރޭގެ ދަންވަރު (އާދިއްތަ ދުވަހުގެ ރޭ) މި އިވުނީ ކުއްލިއަކަށް ކޮންމެސް ގައުމެއްގެ ރައީސަކު އެ ގައުމުގެ އަސްކަރިއްޔާ ނުކުމެ ހިފާ ހައްޔަރުކުރި ހަބަރު. ކީއްވެގެންތޯ މި ހިސާބައް ދިޔައީ؟ ސަބަބެއް އޮންނެ އިނގޭތޯ އެ ހިސާބަށް ދާން. ހަމަ އެ ރައީސް ރައީސް ކަމުގަ ހުއްޓަ އެ ގައުމުގެ އަސްކަރިއްޔާއިން ނުކުގެ އެ ގައުމުގެ ރައީސް ހިފާ ހައްޔަރު ކުރީ. ހުރީހާ ވަޒީރުންނާއެކީގަ،" -އަދުރޭ -

އަދުރޭ ވިދާޅުވީ، އިސްލާމް ދީނަށް ފުށޫ އަރާކަންތައްތަކެއް ކުރަން ފުރުސަތު ދޭތަން ބަލަހައްޓައިގެން އަސްކަރިއްޔާ ނޯންނާނެކަމަށެވެ. އަދި މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހިފާ ހައްޔަރު ކުރަންވީ ވަގުތުކަމަށެވެ.

"އަސްކަރިއްޔާއެއް ނޯންނާނޭ ދިވެހި ގައުމުގެ މިނިވަންކަން ގެއްލުވާލާ. ދިވެހި ގައުމުގެ އިސްލާމް ދީނަށް ފުށޫ އަރަން ފުރުސަތު ދޭއިރު ބަލަހައްޓައިގެންނެއް. އެއީ އަޅުގނަޑުމެންނަށް އޮންނަ ޔަގީންކަމެއް. ދިވެހި ފުލުހުންނާ ސިފައިންނަ އަޅުގަނޑުމެންނަށް އޮންނަ ޔަގީންކަމަކީ ދިވެހި ގައުމު އަޅުވެތިވާން އެ ބޭފުޅުން ފުރުސަތު ނު ދެއްވާނެކަން. ގައުމަށް ލޯތްބެއް ހުރި ބައެއްވެއްޖިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހިފާ ހައްޔަރު ކުރާ ހިސާބައް މިދަނީ މިހާރު. ދާން ދާކަށް ނެތް މިހާރު ހިނގައްޖެ،"

އަދުރޭ ވިދާޅުވީ އިދިކޮޅުން އެއްވުންތައް ބާއްވަން ދެން ރާވަނީ ވަރަށް ބޮޑަށް ރާވައި އިންތިޒާމްކޮށްގެން ކަމަށެވެ. 

"އަޅުގަނޑުމެން މަގުމައްޗަށް މި ނުކުންނަނީ އަޅުގަނޑުމެން މަގުމައްޗަށް ނުކުންނަށް ސަރުކާރުން މަޖުބޫރުކުރޫވީމަ،" 

މީގެ އިތުރުން އަދުރޭ ވަނީ 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު ރާއްޖޭގައި ހިނގި ފަދަ ކަންތައްތައް އަލުން ހިގާފާނެކަމުގެ އިޝާރާތެއް ވެސް ދެއްވާފައެވެ.

"މި ފެށުނީ ފެބުރުއަރީ މަސް. މީ އެމްޑީޕީން ވަރަށް ބިރުގަންނާނެ މަހެއް. ހަމަ ހަގީގަތުގަ ވެސް ވަރަށް ބިރު ގަންނާނެ މި މީހުން. އެއީ މިކަހަލަ ފެބްރުއަރީ މަހެއްގެ 7 ވަނަ ދުވަހު ބޮނޑި ބޮއެގެން ތިބި ބައެއް އެމްޑީޕީއަކީ. މި ފަހަރުވެސް ނޭގެ ކަންތައް ވާނީ ކިހިނެތްކަމެއް،" އަދުރޭ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް ރައްޔިތުންނަށް މިއީ "ނުކުޅެދޭ ސަރުކާރެއްކަން" ރައްޔިތުންނަށް އެނގޭކަމަށެވެ. އަދި ސަރުކާރު އޮތުމުން ރައްޔިތުންނަށް ވާ ފައިދާއެއް ވެސް ނެތް ކަމަށެވެ. 

"އެމްޑީޕީއަށް އެކަނި ހިންގޭ އެއްޗެއް ނޫން މަގުމަތީ ހަރަކާތަކީ. އަޅުގަނޑުމެންނަށް ވެސް ހިންގޭނެ މަގުމަތީ ހަރަކާތް،"

އަދުރޭ ވިދާޅުވީ ވެރިކަން ބަދަލުކުރަން ބޭނުންވަނީ ކޮންމެހެން އެ ބޭފުޅުން ވެރިކަމަށް ވަޑައިގަންނަވަން ނޫންކަމަށެވެ. 

"އަޅުގަނޑުމެން އަންނާކަށް ނޫން ސަރުކާރު ބަދަލުކުރަންވީ. ސަރުކާރު ބަދަލު ކުރަން ބޭނުންވަނީ ދިވެހި ރައްޔިތުންނަށްޓަކާ،" އަދުރޭ ވިދާޅުވިއެވެ. 

ނަމަވެސް އަދުރޭ ވިދާޅުވީ ރައީސް ޔާމިން މިނިވަން ކުރަންޖެހޭ ސަބަބަކީ ރައީސް ސާލިހަށް ގައުމު ހިންގަން ނޭގޭތީކަމަށެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުވާފަ އަޅުގަނޑުމެން ހުއްޓާލާނީ. ރައީސް ޔާމިން މިނިވަން ކޮށްފަ އަޅުގަނޑުމެން ހުއްޓާލާނީ. އިބްރާހިމް މުހައްމަދު ސާލިހަށް ގައުމު ހިންގަން ނޭގިގެން ރައީސް ޔާމިން މިނިވަންކުރަން ޖެހެނީ،" 

ރައީސް ޔާމިގެ ސަޕޯޓަރުން އެގޮތައް ތިއްބެވިއްޔާ "ހަމަ މަގުމަތިން ނުފިލާވެސް ތިބެދާނެ" ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. 

"ސައުވީީސް ގަޑީރު މުޒާހަރާ ޖައްސަންވެސް ޖެހިދާނެ. ހިތްވަރު ދިވެހި ރައްޔިތުން ގައިގަ ހުންނާނެ،" ކަމަށް އަދުރޭ ވިދާޅުވިއެވެ.  

މިކަންކަން ކުރުމުގައި ރައްޔިތުންގެ ރޯލު ވަރަށް މުހިންމުކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހިފަން ރައްޔިތުން ނުކުންނަން ޖެހޭކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"ރައްޔިތުންގެ ރޯލު ވަރަށް މުހިންމު. ރައްޔިތުން އެ ދައުރު އަދާކުރާނެ. ރައްޔިތުން ނުކުންނާނެ އިބްރާހިމް މުހައްމަދު ސާލިހު ހިފަން. ހިފާ ހައްޔަރުކުރަން ރައްޔިތުން ނުކުތީމަ ރައްޔިތުންނާ ދެކޮޅަށް ސިފައިންނާ ފުލުހުން ނުނިކުންނާނެ. ރައްޔިތުން ހިމާޔަތް ކުރުމަކީ ދިވެހި ފުލުހުންނާ ސިފައިންނަކީ ގާނޫނު އަސާސީން ފުލުހުންނާ ސިފައިންނާ ގާނޫނު އަސާސީން ހަވާލުކޮށްފައިވާ ބަޔަކަށް ވާތީ. ރައްޔިތުން ހިމާޔަތް ކުރުމުގަ ދިވެހި ފުލުހުންނެއް ސިފައިންނެއް ފަހަތަކަށް ނުޖެހޭނެ. އެކަން މާޒީގަ އެބައޮތް ދިވެހި ފުލުހުންނާ ސިފައިން ސާބިތުކޮށްދެއްވާފަ،"

އަދުރޭ ވިދާޅުވީ، ޑިފެންސް މިނިސްޓަރާއި، ކަމިޝަނާ އޮފް ޕޮލިސް ތިއްބެވިއަސް، އެ ދެ މުއައްސަސާ "ދިވެހި ރައްޔިތުންނާ ގައުމުގެ ދިފާއުގަ ނުކުންނާނެ،" ކަމަށެވެ. 

"އެއްގޮތަކަށް ވެސް އިބްރާހިމް މުހައްމަދު ސާލިހު ހީފުޅު ކުރައްވާނެކަމެއް ނެތް މާރިޔާ ޑިފެންސް މިނިސްޓަރަކަށް ހުރުމަކީ ސިފައިންގޭގަ ތަޅުލުންކަމަކަށް. ތިމަންނަގެ ޅިޔަނު ކޮމިޝަނާ އޮފް ޕޮލިސްއަކަށް ލީމަ ދެން ފުލުހުންގެ މުއައްސަސާ ބަންދުކުރެވުނީކަމަކަށް. އެހެންނެއް ނުވާނެ. ދިވެހި ރައްޔިތުންނާއި ގައުމުގެ ދިފާއުގަ އެ ދެ މުއައްސަސާ ނުކުންނަންޖެހޭ ކޮންމެ ވަގުތެއްގަ ނުކުންނާނެ،" 

ސިފައިންނާ ފުލުހުން ނުކުމެ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައީވެސް އެމްޑީޕީ ވެރިކަމެއްގައި ކަމަށާއި، އޭރު ވެސް ތިބީ އެމްޑީޕީން ކަނޑައެޅި މިނިސްޓަރުންކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. 

"އެމްޑީޕީ ވެރިކަމުގަ އެމީހުން ލާފަ ތިއްބަ ވަޒީރުން ތިއްބަ ނޫންތޯ ފެބުރުއަރީ ހަތެއް އައީ. އަޅުގަނޑުމެން އެންމެ އެތަން ލޮލުން ދުށީމު. ރައްޔިތުންގެ ހައްގުގަ ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށް ދިވެހި އަސްކަރިއްޔާއަށް އަޅުގަނޑު ގޮވާލަން." 

އޭނޭ ވަނީ އަސްކަރިއްޔާގެ އިތުރުން ދިވެހި ރައްޔިތުންގެ "ވަގުތުގެ ބޭނުން ހެޔޮގޮތުގަ ހިފަން" ޖެހޭކަމަށެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް