ads
ގިލި ލަންކަން ފުށި ޖީއެމް ޑޭވިޑް ސްޓެޕެޓިކް
ގިލި ލަންކަންފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރު މަގާމުން އިސްތިއުފާ ދީފި
މިއަހަރު ޖެނުއަރީ 21 ވަނަ ދުވަހުގެ ރޭގެ އާލާތްތަކާއެކު ގިލި ލަންކަންފުށި ރިސޯޓު ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރު ކެނޑި މައްސަލައާއި ގުޅިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް މަގާމުން އިސްތިއުފާ ދީފި ކަމަށް އެ ރިސޯޓުން ބުނެފި އެވެ.

އެ ރިސޯޓުން މައުލޫމާތު ދޭގޮތުގައި ރިސޯޓުގެ ޖީއެމް ޑޭވިޑް ސްޓެޕެޓިކް އިސްތިއުފާ ދީފައިވަނީ މިދިޔަ ހަފްތާގައި ސިރޯޓުން އޮޕިޝަލް މެމޯއެއް ފޮނުވުމާ ގުޅިންނެވެ.

މަގާމުން އިސްތިއުފާ ދީފައި ވީ ނަމަވެސް ޑޭވިޑް ސްޓެޕެޓިކްއަށް އަދި އެނބުރި ގައުމަކަށް ނުދެވޭނެއެވެ. ސަބަބަކީ ރާއްޖެއިން ފުރުން އޭނާއަށް މަނާ ކޮށްފައި ވާތީއެވެ.

ފިނޮޅުގައި ކޯރު ކެނޑި މައްސަލައިގައި އާއްމު ރައްޔިތުން ތުހުމަތު ކުރަނީ، އެކަން އެގޮތަށް ކުރީ އާންމުން ފިނޮޅަށް ޕިކްނިކް ދާތީ ކަމުގައެވެ. އެ މައްސަލަ ފުލުހުންނާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދަނީ ތަހުގީގު ކުރަމުންނެވެ.

ކ. ހިންމަފުއްޓާއި ގިލި ލަންކާ ފުށި ރިސޯޓާއި ދެމެދުގައި އޮންނަ ފިނޮޅުގައި ކޯރު ކަނޑައިގެން އެތަނަށް ގެއްލުން ދިނީ އެރަށާ ކައިރީގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އިސްވެރިންތަކެއް ތިބެގެނެވެ. އެކަން ހުއްޓުވީ ހިންމަފުށީގެ ބައެއް ރައްޔިތުން އެ ފިނޮޅަށް ގޮސްގެނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް