ads
ކާފިއު
ކާފިއުގެ ވަގުތު އިތުރުކޮށްފި
މާލޭ ސަރަހައްދުގައި ކާފިއުގެ ވަގުތު އިތުރު ކޮށްފިއެވެ.

މައުލޫމާތު ލިބޭގޮތުގައި ގްރޭޓާ މާލެ އޭރިއާގައި ކާފިއުގެ ވަގުތު ވަނީ ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30 އަށް ކުރިޔަށް އޮތް 2 ހަފްތާއަށް އިތުރު ކޮށްފައެވެ.

އަދި ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ފަހަރު ދުއްވުން ކުރިޔަށް އޮތް 2 ހަފްތާއަށް މަނާކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެެއެވެ.

މި ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވާއިރު މާލޭ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ވެސް ބޭއްވުން މަނާވާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާ މިދަނޑިވަޅުގައި އެޗްޕީއޭ އިން ކާފިއު އިއުލާން ކުރަން ނިންމާފަ ވާއިރު މީގެ ކުރިން ވެސް މާލެ އެރިއާގައި ވަނީ ކާފިއު ހިންގާފަ އެވެ. އަދި ޕާޓީތަކާއި ހަފްލާތައް ވެސް ބޭއްވުން މަނާކުރި އެވެ. އެހެންނަމަވެސް ރާއްޖެއިން ފެންނަ ކޭސްތައް މަދުވުމާއެކު އެޅި ފިޔަވަޅުތަކަށް ލުއިތައް ދީފައިވެއެވެ.  

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް