ads
ވެލެންސިޔާ- ޓީސީ މެޗުގެ ތެރެއިން
ޓީސީ ބަލިކޮށް ވެލެންސިޔާއަށް ކުރިއަށް
ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ބަލިކޮށް ކްލަބު ވެލެންސިޔާއިން ޓޭބަލްގެ ދެވަނައަށް ކުރިއަށް ޖެހިއްޖެއެވެ. ޓީސީ އަތުން ވެލެންސިޔާ މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ.

އަންގާރަ ދުވަހު ޓީސީ މައްޗަށް ކުރި ހޯދައި ލިބުނު ތިން ޕޮއިންޓާ އެކު ވެލެންސިޔާ ދެވަނައިގަ އޮތީ ޖުމްލަ ފަނަރަ ޕޮއިންޓް ހޯދައިގެންނެވެ. ދަ ގްރާންޑޭއަށްވެސް ފަނަރަ ޕޮއިންޓް ލިބިފައިވެއެވެ. އަދި ދަ ގްރާންޑޭ އެއް މެޗު މަދުން ކުޅެގެން ފަނަރަ ޕޮއިންޓް ހޯދާފައިވާއިރު އަންގާރަ ދުވަހުގެ ރޭ މާޒިޔާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ދަ ގްރާންޑޭއަށް އަލުން ދެވަނަ ލިބުމުގެ ފުރުސަތު އެބަ އޮތެވެ.

އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗުގައި ވެލެންސިޔާގެ ލަނޑުތައް ޖެހީ ސެންޓޭއާ އާއްކޮއެވެ. ދެ ލަނޑުވެސް ޖެހީ މެޗުގެ ފަހު ހާފުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް