ads
މާޒިޔާގެ ކުޅުންތެރިން
ދަ ގްރާންޑޭ ކޮޅަށް މާޒިޔާއިން ފަސް ލަނޑު
ދިވެހި ޕްރިމިއަރ ލީގުގައި ދަ ގްރާންޑޭ ކޮޅަށް މާޒިޔާއިން ފަސް ލަނޑު ޖަހައި އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ހޯދައިފިއެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު ދަ ގްރާންޑޭ – މާޒިޔާ މެޗުން މާޒިޔާ މޮޅުވީ ފަސް ލަނޑު ސުން ލަނޑުންނެވެ.

ދަ ގްރާންޑޭ އަތުން ހޯދި ބޮޑު މޮޅާއި އެކު މާޒިޔާއިން އެއްވަނައިގަ އޮތީ އެކާވީސް ޕޮއިންޓާ އެކުއެވެ. އެއީ ނުވަ މެޗުންނެވެ. ދެވަނައިގަ އޮތީ ވެލެންސިޔާއެވެ. އެއީ ފަނަރަ ޕޮއިންޓާ އެކުއެވެ. މާޒިޔާ އަތުން ބޮޑު ތަފާތަކުން ބަލިވި ދަ ގްރާންޑޭ އޮތީ ތިންވަނައިގައެވެ.

މާޒިޔާ އިން އަންގާރަ ދުވަހުގެ ރޭގެ މެޗުގައި ލަނޑުތައް ޖެހީ ހަމްޒާ މުހައްމަދު، ސްޓެވާޓް އަދި ހުސެއިން ނިހާންއެވެ. މީގެ ތެރެއިން ހަމްޕު އަދި ސްޓެވާޓް ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް ހަމްޕުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް