ads
އެޑިސަން ކަވާނީ
ސައުތެމްޓަން ކޮޅަށް ޔުނައިޓެޑުން ނުވަ ލަނޑު
އިނގިރޭސި ޕްރިމިއަރ ލީގުގައި ސައުތެމްޓަމްކޮޅަށް މެންޗެސްޓަރ ޔުނައިޓެޑުން ނުވަ ލަނޑު ޖަހައިފިއެވެ. މިއީ ޕްރިމިއަރ ލީގުގެ ތާރީހުގައިވެސް އެންމެ ބޮޑު ތަފާތަކުން ޓީމެއް މޮޅުވި ރެކޯޑާ އެއްވަރު ނަތީޖާއެކެވެ.

ޔުނައިޓެޑުން ފަސޭހަކަމާއި އެކު ނުވަ ލަނޑު ޖަހައި ސައުތެމްޓަމް ބަލިކުރި އިރު މީގެ ކުރިން ނުވަ ލަނޑުގެ ތަފާތަކުން މޮޅުވި އެއް ޓީމަކީވެސް ޔުނައިޓެޑެވެ. ނަވާރަ ސަތޭކަ ނުވަދިހަ ފަސްވަނަ އަހަރު ޔުނައިޓެޑުން ނުވަ ލަނޑު ސުން ލަނޑުން އިސްޕްވިޗް ޓައުން ބަލިކުރި އިރު، ހަމަ އެ ނަތީޖާއިން ދެހާސް ނަވާރަވަނަ އަހަރު ސައުތެމްޓަމް އަތުން ލެސްޓަ ސިޓީ މޮޅުވެފައިވެއެވެ.

އަންގާރަ ދުވަހުގެ ސައުތެމްޓަމް އަތުން ހޯދި ތިން ޕޮއިންޓާ އެކު ޔުނައިޑު އޮތީ ޓޭބަލްގެ ދެވަނައިގަ އެވެ. ޓޭބަލްގެ ދެވަނައިގަ ޔުނައިޓެޑް އޮތީ ސާޅީސް ހަތަރު ޕޮއިންޓާ އެކުއެވެ. ޔުނައިޓެޑު ކުޅެފައިވަނީ ވިހި މެޗެވެ. ޓޭބަލްގެ އެއްވަނައިގަ މެންޗެސްޓަރ ސިޓީ އޮތީވެސް ސާޅީސް ހަތަރު ޕޮއިންޓާ އެކުއެވެ. އެހެންނަމަވެސް ސިޓީން ކުޅެފައިވަނީ އަށާރަ މެޗެވެ.

އަންގާރަ ދުވަހުގެ ރޭގެ މެޗުގައި ޔުނައިޓެޑުގެ ފުރަތަމަ ހަތަރު ލަނޑު ޖެހީ ފުރަތަމަ ހާފުގައެވެ. މި ލަނޑުތައް ޖެހީ ވަންބިސާކާ، މާކަޝް ރެޝްފޯޑް، އެޑިންސަން ކަވާނީއެވެ. މީގެ އިތުރުން ސައުތަމްޓަމްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް އެއް ލަނޑު ވަނެވެ. ޔުނައިޓެޑުގެ ބާކީ ލަނޑުތައް ޖެހީ މާޝިއަލް އާއި ސްކޮޓް މެކްޓޮމިނޭ އަދި ބްރޫނޯ ފެނާންޑޭސް އަދި ޑެނިއަލް ޖޭމްސް އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް