ads
ފޮޓޯ:ސަން
ރާޅުގެ އުސްމިން ހަތް ފޫޓަށް އުފުލޭނެތީ މޫސުމަށް ސަމާލުވާން އަންގައިފި
އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވެ، ރާޅުގެ އުސްމިން ހަތް ފޫޓަށް އުފުލޭނެތީ އުތުރުގެ އަތޮޅުތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން އަންގައިފި އެވެ.

މެޓުން ބުނީ މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަ ވާނެކަމަށާއި، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެ ފޫޓާއި ހަތަރު ފޫޓުގެ އުސްމިނުގައި ރާޅު ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު އުތުރުގެ އަތޮޅުތަކުގެ ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓަށް އުފުލޭނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. 

މެޓުން ބުނީ މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި މީގެ ތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެންވާއިރު، އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެ ކަމަށެވެ. 

މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ބުނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން ބުނެއެވެ.

މީގެ އިތުރުން މެޓުން ވަނީ ދިޔަވަރުބޮޑުވާ ގަޑިތަކުގައި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ، އުުތުރާއި މެދުރާއްޖެތެރޭގައި މޫސުމަށް ސަމާލުވުމަށް އަންގާފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް